Dhiraagu Male Open Swimming Competition anna mahu baavvanee
image
ދިރާގާއި ސްވިމް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: ދިރާގު
0 ކޮމެންޓް
 

ދިރާގު މާލެ އޯޕަން ސްވިމިން ކޮމްޕެޓިޝަން އަންނަ މަހު ބާއްވަނީ

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން އޯޕަން ފެތުމުގެ މުބާރާތެއް ކަމަށްވާ "ދިރާގު މާލެ އޯޕަން ސްވިމިން ކޮމެޕެޓިޝަން 2019" ބާއްވަން ރާވައިފި އެވެ.
މި މުބާރާތަކީ އެއް ކިލޯ މީޓަރު ނުވަތަ 500 މީޓަރުގެ އޯޕަން ވޯޓަ ފެތުމުގެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ 12 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު މާލެ ރަސްފަންނާ ދިމާ ބޭރު ކަނޑުގަ އެވެ. ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ކުޑަކުދިންގެ އިވެންޓް އޮންނާނި ރަސްފަންނު ތެރޭގައެވެ.

މުބާރާތް ރާވާ ހިންގަނީ ސްވިމް މޯލްޑިވްސް ޖަމިއްޔާ އިންނެވެ. މި ޖަމިއްޔާއަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

ސްވިމް މޯލްޑިވްސްއިން މި މުބާރާތް ބާއްވާ އެއް މަގްސަދަކީ، ވީހާވެސް ގިނަ ބަޔަކަށް، ވާދަވެރި، ރައްކާތެރި، އުފާވެރި މާހައުލެއްގައި ފެތުމާއި މޫދު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ދިރާގުން ބުނީ މުބާރާތަށް އެއްބާރުލުން ދިނުމުގެ ބޭނުމަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއް ކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މިފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވާތީ ކަމަށެވެ.

އެއާއެކު ފެތުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދިވެއްސަކަށް ވެސް ފަސޭހަކަމާއެކު ދަސްކޮށް ކުރެވޭނެ ކަމަކަށް ވުމުން ކަމަށް ދިރާގުން ބުންޏެވެ.

މުބާރާތުގައި 500 މީޓަރާއި އެއް ކިލޯމީޓަރުގެ ފެތުން އޮންނާނެ އެވެ. ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ވާދަކުރާނީ ހަމައެކަނި 500 މީޓަރުގަ އެވެ.

އެގާރަ އަހަރާއި ބާރަ އަހަރު އަދި ތޭރަ އަހަރާއި ސާދަ އަހަރުގެ ކުދިން ވާދަކުރާނީ ހަމައެކަނި އެއް ކިލޯމީޓަރު ކެޓެގަރީގަ އެވެ. ދެން ހުރި އުމުރު ފުރާތަކުން ދެ ކެޓަގަރީގައި ވެސް ވާދަ ކުރެވޭނެ އެވެ. އެއީ ވިހި އަހަރާއި ނަވާވިސް އަހަރުގެ މީހުންގެ ބަޔާއި، ތިރީސް އަހަރާއި ތިރީސް ނުވަ އަހަރާ ދެމެދުގެ މީހުންގެ ބަޔާއި، ސާޅީސް އަހަރާއި ސާޅީސް ނުވަ އަހަރު އަދި ފަންސާސް އަހަރުން މަތީގެ މީހުންގެ ބަޔެވެ.

އެ މުބާރާތް ހޯސްޓް ކުރަނީ މާލެ ސިޓީ ކައުންސިލުންނެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ޓީޝާޓަކާއި ފިނިޝާ މެޑަލެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާރު ލިބޭނީ https://www.facebook.com/events/365929051001040/ ލިންކުންނެވެ.
ދިރާގު ފެތުން
ހިޔާލު