Bar Council ge Secretary General kamah Jabyn hamajassaifi
image
ޑރ. މަރިޔަމް ޖަބީން-- ފޮޓޯ: ޕީއެސްއެމް
1 ކޮމެންޓް
 

ބާ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް ކަމަށް ޖަބީން ހަމަޖައްސައިފި

ގާނޫނީ ވަކީލުންގެ ކަންކަން ބެލުމަށް އުފައްދާފައިވާ ބާ ކައުންސިލުގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޑރ. މަރިޔަމް ޖަބީން އައްޔަނުކުރައްވައިފި އެވެ.
އެ މަގާމަށް އޭނާ އައްޔަނު ކުރުމާއެކު ބާ ކައުންސިލުގެ ހިންގާ ކޮމިޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.ޑރ. މަރިޔަމް ޖަބީން އަކީ ކުރިން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމު ފުރުއްވާފައިވާ ކަނބަލެކެވެ.

އޭނާ ވަނީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުން ޕީއެޗްޑީ ހައްދަވާފަ އެވެ. އަދި މާސްޓާޒް އާއި ބެޗެލާޒް ޑިގްރީ ހައްދަވާފައި ވަނީ ވެސް ގާނޫނީ ދާއިރާ އިންނެވެ.

ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ. މި ކައުންސިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓާ މޮނީޓާ ކުރާ ކައުންސިލެކެވެ.
ހިޔާލު

ކިޔު5

ޖަބީނަށް މަރުހަބާ!