Mulhi Raajjeyn Kuni nagaidheyne bayaku hoadhanee
image
ރަށެއްގެ ކުނިގޮނޑެއް-- ފޮޓޯ: ޓްވީޓާ
2 ކޮމެންޓް
 

މުޅި ރާއްޖެއިން ކުނި ނަގައިދޭނެ ބަޔަކު ހޯދަނީ

މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެފައި ހުންނަ ގިނަ ދުވަސްވީ ކުނި ނަގައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެ، ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށް އިއުލާނުގައި ވެއެވެ.

އެގޮތުން މިމަހުގެ 23 ގެ ނިޔަލަށް އެ ފައިސާ ބަލައިގަންނާނެ ކަމަށާއި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ފޯމުތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެކަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ބަހައްޓަން ޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާތާ 148 ދުވަހެވެ. އެ ބިޑް ހުޅުވުން އޮންނަނީ މިމަހުގެ މިމަހުގެ 24 ގައެވެ.

މީހުން ދިރިއުޅޭ ރަށްރަށް ސާފުކުރުމުގެ މަސައްކަތް ކުރަނީ އެރަށެއްގެ ރަށު ކައުންސިލަކުން ހަވާލުކުރާ ބައެކެވެ. މިގޮތަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއް ސާފު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި މިއީ ފުރަތަމަ ފަހަރެވެ.
ހިޔާލު

ނަމާލް

ބަންގާޅީންނައް އޯޕަންކޮއްލާ.. އޭރުން ކުނިކޮޅެއްގެ ހިލަމެއްވެސް ނުވާނެ. ތިއުޅެނީ ދެން އިންޑިޔާގެ ކޮންމެވެސް ބަޔަކައް އަނެއްކާވެސް ލާރިގަނޑެއް މަޅާލާނެ ގޮތެއް ހޯދައިދޭން.

އުދަރެސް

ސަރުކާރުން ކަމެއް ނުކުރާކަމަށް ހަޅޭލަވާމީހުން ހަޅޭލަވަނީ ދޮގު ތުހުމަތު ކުރުމުގެގޮތުން ކަމަށް ގަބޫލްކުރެވޭ. ކޮންމެ ސަރުކާރަކުން ބުރިޖަކާއި މުޅިމާލޭގެ މަގުތައް އެކިގޮތްގޮތަށް ބަދަލު ކުރުމުންނޫނީ ތަރައްޤީކަމަށް ނުދެކޭ މީހުންނަށް ބުނެލަންއޮތީ މިއީ ދިވެހި ރާއްޖޭގައި ބުރިޖެއް ހެދުމަށްވުރެ ކުޑަކަމެއްނޫނޭ ރަށަކަށް އަރާލިޔަށް ކުނިބުނިން ރައްކާތެރިވެވޭނެ މާހައުލެއް ނުފެނޭ. ދުވާލު ހަތަރުދަމު ވެމްކޯމީހުން ނުކުމެ ކުނިއުކާ މަގުތައް ސާފުކުރާއިރުވެސް އެބުނާހާ ސާފު މާހައުލެއް ނުފެނޭ. ފުރަތަމަ އިންނާނާ ދިރިއުޅޭނޭ ރަނގަޅު މާހުލެއް ލިބުމަށް ފަހުގަ ނޫންތޯ ބްރިޖާއި ހައިވޭއަކީ އަތޮޅުތެރޭގައިވެސް ދިރިއުޅެނީ މިގައުމަށް ނިސްބަތްވާ ރައްޔިތުން އެމީހުންނަށް ލިބޭ ކުޑަ އާމްދަނީކޮޅުން ބޮޑެތި ޚަރަދުތަކެއް ކޮށްގެންނޫނޫ އެއްތަނުން އަނެއްތަނަށް ދެވޭކަށް ނޯވޭ ފެރީގެ ނިޒާމެއް ކިހާ މުހިންމުތޯ. ބޯހިޔާވަހިކަމެއްނެތް އެހިޔާވަހިކަމުގެ މުހިންމު ކަން ރައްޔިތުންނަށް ކިހާ ބޮޑުތޯ 5 އަހަރުގެ ވެރިކަމެއް އަދި އޭގެތެރެއަށް ނާޖާއިޒް 2 އަހަރު ލާފަ ދިޔައިރު ރައްޔިތުނަށް ދެވުނު ބޯހިޔާވަހިކަމެއް ނެތް. ދެން ކޮން ރައްޔިތުން ނެއްތަނެއްގައި ބްރިޖާއި ޕާކްތައް ބޭނުންކުރާނެ ބަޔަކުވެސް ނުތިބޭނެ. ފުރަތަ ރައްޔިތުމީހާއަށް ބޭނުންވާ އަސާސީ ހިދުމަތްތައް އޭގެ ފަހުގައި ބުރިޖް.