Olhigen bank ah jamaavi 100,000 dollaru beynun kollaifi
image
0 ކޮމެންޓް
 

އޮޅިގެން ބޭންކަށް ޖަމާވި އެއްލައްކަ ޑޮލަރު ބޭނުންކޮށްލައިފި

އެމެރިކާގެ ދެމަފިރިއެއްގެ ބޭންކު އެކައުންޓަށް އޮޅިގެން ޖަމާކުރެވިފައި ހުރި 120،000 ޑޮލަރު އެ ދެމަފިރިން ބޭނުންކޮށްލައިފި އެވެ.
އެ މައްސަލައާ ގުޅިގެން އެ ދެމީހުންގެ މައްޗަށް ވަނީ ވައްކަމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އޮޅިގެން ޓްރާންސްފާ ކުރެވުނު 120،000 ޑޮލަރު ޖަމާވީ ރޮބަޓް އަދި ޓިފަނީ ވިލިއަމްސްގެ އެކައުންޓަށެވެ.

އެ މީހުން ވަނީ ގާތްގަނޑަކަށް އެ ހުރިހާ ފައިސާއެއް ހަރަދުކޮށްފައި ކަމަށް ވެއެވެ. އޭގެ އިތުރުން އެސްޔޫވީ ކާރަކާއި އިތުރު އެހެން އަގުބޮޑު މުދާ ގަތުމުން ބޭންކު އެކައުންޓު ޑެފިސިޓުވެ، އޯވާޑްރާފްޓް ފީގެ ގޮތުގައި އެމީހުން 100،000 ޑޮލަރު ދައްކަން ޖެހެ އެވެ.

އެކައުންޓަށް ޖަމާވީ އެމީހުންގެ ފައިސާ ނޫންކަން އެ ދެމީހުންނަށް އެނގޭ ކަމަށް ވަނީ އެއްބަސްވެފަ އެވެ. އެމީހުން ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ.
އެމެރިކާ
ހިޔާލު