Dhe sihhee marukazeh tharahgee kurumuge ebbasvumuga soikoffi
image
ހޯރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
1 ކޮމެންޓް
 

ދެ ސިއްހީ މަރުކަޒެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ނޮޅިވަރަމްފަރުގެ ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް އެޅުމަށާއި ހއ. ހޯރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް، ބީއޯކިއު ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ނޮޅިވަރަމްފަރުގެ ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި އެ މަސައްކަތް ހަވާލުކުރި ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަސަނެވެ.

މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އެ މަސައްކަތް ހަވާލުކުރީ 1.8 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން އެ އިމާރާތުގައި އޮފީހަކާއި ކައންސިލިން ރޫމެއް އަދި މީޓިން ރޫމެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓަކާއި މެޑިކަލް ސްޓޯރެއް ވެސް ތަރައްގީ ކުރާނެ އެވެ.

އޭގެ އިތުރުން ހޯރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއި ކޮށްފައި ވެއެވެ. އެ މަސައްކަތް ހަވާލު ކުރީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެވެ.

އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު ސޮއި ކުރެއްވިއިރު ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުން އެކަމުގެ ފައިދާ އެރަށުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށެވެ.
ހިޔާލު

ޝާހު

އޭގެ އިތުރުން ހޯރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއި ކޮށްފައި ވެއެވެ. އެ މަސައްކަތް ހަވާލު ކުރީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެވެ. އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު ސޮއި ކުރެއްވިއިރު... ކޮން އިރަކު ޝާހަށް އެސްޓީއޯ ހަވާލުކުރީ. ފުރަތަމަ ލިޔަން ޖެހޭނީ އެ ހަބަރެއްނު.