Fares Maathodaa school ge dharivarnge naasthaa inn fulha thakeh fenijje
image
ފަރެސްމާތޮޑާ ސުކޫލުގެ ދަރިވަރުންގެ ނާސްތާއިން ފުޅަތަކެއް ފެނުން----
ފައުޒާ މުހައްމަދު
4 ކޮމެންޓް
 

ފަރެސްމާތޮޑާ ސުކޫލުގެ ދަރިވަރުންގެ ނާސްތާއިން ފުޅަތަކެއް ފެނިއްޖެ

ގދ. ފަރެސްމާތޮޑާ ހުވަދޫ ސުކޫލުގެ ދަރިވަރުންގެ ނާސްތާއިން އިއްޔެ ފުޅަތަކެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އިއްޔެ ދަރިވަރުންނަށް ނާސްތާގެ ގޮތުގައި ދިން ސޭންޑުވިޗެއްގެ ތެރެއިން ފުޅައެއް ފެނުނު ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާއްމުވެފައި ވާއިރު ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން ފަރެސްމާތޮޑާ ސުކޫލާ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ރައޫފު ވިދާޅުވީ އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަ މަންޒަރަކީ ތެދެއް ކަމަށެވެ.

ރައޫފު ވިދާޅުވީ ފުޅަހުރި ސޭންޑުވިޗް ފެނިފައި ވަނީ ދަރިވަރުން ނާސްތާ ނިންމާ، ކުލާސްތަކުން ބާކީވި ނާސްތާތަކުގެ ތެރެއިން ޓީޗަރަކު ކާން އުޅުނު ސޭންޑުވިޗަކުން ކަމަށެވެ. އަދި އެކަން ރައޫފަށް އެންގި ކަމަށާއި ރައޫފަށް އެ ސޭންޑުވިޗުން ފުޅަތައް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ނާސްތާގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވި ޑިރެކްޓަރު އަލީ ޝަމީމަށް ވަގުތުން ވަނީ އެކަން އަންގާފަ އެވެ. އަދި އެ ސުކޫލުގައި ނާސްތާ ފޯރުކޮށްދޭ ފަރާތަށް ރަސްމީކޮށް ލިޔުމުން އެކަން އެންގުމަށް ޝަމީން އެންގެވި ކަމަށް ރައޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިދުމަތްދޭ ފަރާތަތައް ގާތްގަނޑަކަށް 15 މިނެޓު ތެރޭގައި ސުކޫލަށް ގެނެސް މިކަންކަން މިހެން ވެފައި އޮތް ކަމަށް އަދި އޭނާއަށް ވެސް އެދައްކާފަ، ވީޑިއޯ ދެއްކީ، އޭނާ އައި އިރު ޓީޗަރުން އެ ހުރިހާ އެއްޗެއް ޑަސްޕިނަށް ލާފަ ހުރީ، ދެން ހިދުމަތް ދޭ ފަރާތަށް އަޅުގަނޑުމެން އޮންނާނީ އެކަން ރަނގަޅު ކުރުމަށްޓަކައި މިނިސްޓްރީގެ އިރުޝާދު މަތިން އަންގާފަ،" ރައޫފު ވިދާޅުވި އެވެ.

ރައޫފު ވިދާޅުވީ މިއަދު ހެނދުނު ބެލެނިވެރިން އައިސް އޭނާއާ ބައްދަލުކޮށް ނާސްތާ ފޯރުކޮށްދޭ މީހުންނާއެކު އެކަން ކުރުމުގައި އެއްވެސް އިތުބާރެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އެ ފަރާތުން ނާސްތާ ފޯރުކޮށްދިނުމާ ދެކޮޅު ކަމަށާއި ބެލެނިވެރިންގެ މެދުގައި އެކަމަށް ވޯޓެއް ނަގަން ބޭނުންވާ ކަމަށް ބެލެނިވެރިން ބުނެފައިވާ ކަމަށް ވެސް ރައޫފު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެންނެވިން އެއް ގޮތަކަށް ވެސް އެއީ އަޅުގަނޑުމެންނަށް ލިބިގެންވާ އިހުތިޔާރީ ބާރެއް ނޫނޭ، އެ ބޭފުޅުންނަށް އެދެމުންދާ އެ ހިދުމަށް އެބޭފުޅުން އަތުން ނިގުޅައިގަތުމަކީ. އެއީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ސުކޫލުގައި އެބޭފުޅުންނާއެކު ވެފައިވާ އެއްބަސް ވުމެކޭ. އެހެންވީމަ އެ އެއްބަސްވުން އެބޭފުޅުން އަތުން ނިގުޅައިގަތުމުގެ ހައްގު އަދި އޭގެ ބާރުވެރި ފަރާތަކަށް ވާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އޭ ވާނީ،" ރައޫފު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައޫފު ވިދާޅުވީ ދޭތެރެ ދޭތެރެއިން ޓީޗަރުން ބައެއް ފަހަރު ތަށިތަކުގެ ކޮންމެވެސް ވަރެއްގެ ނުސާފު ކަމެއް ހުރެގެން އަންނަ ކަމަށާއި ބައެއް ބެލެނިވެރިން ނާސްތާގެ ތެރެއިން އިސްތަށި ފެންނަ ކަން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ރައޫފު ވިދާޅުވީ އެ ސޭންޑުވިޗު ތެރެއަށް ފުޅަތައް އައީ ކިހިނެތް ކަން ނޭނގޭ ކަމަށެވެ. އަދި ސޭންޑުވިޗު ތެރޭގައި ހުރި މަސްހުނިން އެއްވެސް ވަހެއް ނުދުވާ ކަމަށާއި ރަހަ ވެސް ރަނގަޅު ކަމަށެވެ. އަދި ސޭންޑުވިޗު ހެދި ފަރާތުން ވެސް ވަނީ އެތަކެތި ކުނި ނުވާނެ ކަމަށާއި ފުޅަ އަޅަންވީ ސަބަބެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ރަށު ސުކޫލު ކުދިންނަށް ނާސްތާ ދިނުމަށް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ އެ ރަށުގެ ރައްޔިތެކެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ބުނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

ކާތަކެތީގެ ކޮލިޓީ އާއި ރާއްކާތެރިކަމާ ގުޅޭ ގޮތުން މިނިސްޓަރު އައިޝަތު އަލީ ކުރިން ވިދާޅުވީ ކޮލިޓީ ޔަގީން ކުރުމަށް ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި، ރައްކާތެރިކަން ޔަގީން ކުރުމަށް ކޮންމެ ސްކޫލެއްގައި ވެސް މުވައްޒަފަކު ކާތަކެތި ޓެސްޓުކޮށްފައި ނޫނީ ދަރިވަރުންނަށް ކާން ނުދޭނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފެށި އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި 70000 އެއްހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ މިހާރު ދަނީ ލިބެމުންނެވެ.
ހިޔާލު

ޟަހަަަާ

ފީވަކު ސްކޫލް ކުދިންނައް މޭވާ ނޫން އެއްޗެއް ނުލިބޭ

ސާބަސް

އަހަރުންނަށް މާ ރަނގަޅު ތިޔަ ދިނުމަށްވުރެ ނުދިނުންވެސް

Shiub

ހުރިޙ އެންމެންވެސް ފޮނި އަނަގަ ތަޅަނީ ކުލާސްރޫމެއްގެ އިންނަ ބޮތްކެއްވެސް ދިއްލަންވަނީ މިނިސްޓްރީން ދެންވާނީ ތިހެން ކިތަންމެ ވަރަށް ފުޅަ ފެނުނަސް "ތިފުޅަ ނުފެންނާށޭ" ބުނުމގެ ބާރވެސް ޕްރިންސިޕަލަކަށް ނޯވޭ
ދެންވާނީ މުޅިންވެސް ތިހެން

ފަލަމަސް

މިކަމުގައި ޕީޓީގެ(މޑޕ) އެކްޓިވިސްޓަކު އިސްކޮށްހުރެމެ ޕާޓީގެ އަގުވެއްޓޭ މިޒާތުގެ ކަންކަން ކުރާ ކަމަށް ވަންޏާ ޕާޓީންވެސް އެބަ ޖެހޭ ފިޔަވަޅު އަޅަން، ޕާޓީގެ މީހެކޭ ކިޔާފަ އޭނަ ހިތުހުރިހާ ގޮތަކަށް ކަންކަންކުރަން ދޫދެވިގެން ނުވާނެ، ސަރުކާރުންވެސް މިފަދަ ކަންކަމަށް އެއްގޮތަކަށްވެސް ދޫދެވިގެން ނުވާނެ، ކާތަކެތިން ސިޔާސީކުޅި ކުޅެގެން ނުވާނެ، ދައިވަރުންނަކީ ރަށާއި ގައުމުގެ މުސްތަގުބަލް،