Hidhumathaa alah gulhunu fuluhun huvaa koffi
image
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާ ކޮށްފި

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައި ދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒް އަބްދުﷲ އަލީ އެވެ.

މިއަދު ހުވާކޮށްފައި ވަނީ 50 ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ހިދުމަތާ ގުޅުނު 16 ފުލުހުންނެވެ. ހުވާކުރި ފުލުހުންގެ ތެރޭގައި ހިމެނެނީ ހިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި އެކިއެކި ސަބަބުތަކާ ހުރެ ކުރިން ހުވައި ނުކުރެވިވާ ފުލުހުންނެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެލެއްވި އެވެ. ހުވާކޮށް ނިމުމަށް ފަހު ކޮންމެ ފުލުހަކު ވެސް ހުވާގެ ލިޔުމުގައި ވަނީ ސޮއިކޮށްފަ އެވެ.
ފުލުހުން
ހިޔާލު