Ayushman YouTube channel eh hadhan ulhey kamuge ishaaraatheh
image
އަޔުޝްމަން--
0 ކޮމެންޓް
 

އަޔުޝްމަން ޔޫޓިއުބް ޗެނަލެއް ހަދަން އުޅޭކަމުގެ އިޝާރާތެއް

ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު އަޔުޝްމަން ކުރާނާ ވެސް ޔޫޓިއުބް ޗެނަލެއް ހަދަން އުޅޭ ކަމުގެ އިޝާރާތެއް ކޮށްލައިފި އެވެ.
އަޔުޝްމަންގެ ކުރިއަށް އޮތް ފިލްމު "ޑްރީމް ގާލް" ގެ ޕްރޮމޯޝަން އިވެންޓެއްގައި އިންޑިއާގެ ނޫހަކުން ވަނީ އޭނާ ވެސް ޔޫޓިއުބް ޗެނަލެއް ހަދަން ވިސްނަންތޯ އަހާފަ އެވެ. އެ ސުވާލަށް ޖަވާބުދެމުން އަޔުޝްމަން ބުނީ އޭނާ މަސައްކަތް ކުރާ ކޮންމެ ފިލްމެއްގައި ވެސް އަމިއްލަ ލަވައެއް އިންނަ ކަަމަށެވެ.

އަޔުޝްމަން ބުނީ މިވަގުތު ވަރަށް ގިނަ ކަންތައްތައް ކުރަން ހުރުމުގެ ސަބަބުން އަދި ޔޫޓިއުބް ޗެނަލެއް ހަދަން ތައްޔާރު ނޫން ކަމަށެވެ. ނަމަވެސް މަސް ތަކަކަށް ފަހު އެކަހަލަ ކަމެއް ކުރަން ބޭނުންވާ ކަމަށް އަޔުޝްމަން ވަނީ ބުނެފަ އެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުން މިހާރު ވަނީ ޔޫޓިއުބް ޗެނަލް ހަދާފަ އެވެ. އެގޮތުން ޖެކްލިން ފެނާންޑަސް އާއި ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ނޯރާ ފަތޭހީ ވެސް ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ހަދާފަ އެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ އަޔުޝްމަން މިދިޔަ އަހަރު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައި ވާއިރު އެ ދެ ފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ. އެދެ ފިލްމަކީ "އަންދާދުން" އާއި "ބަދާއި ހޯ" އެވެ.
އަޔުޝްމަން ކުރާނާ
ހިޔާލު