Online koh Kulhudhuffushi dhathuru thakuge ticket vikkan fashaifi
image
ކުޅުދުއްފުށީ އެއާޕޯޓް-- ފޮޓޯ: އަވަސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އޮންލައިންކޮށް ކުޅުދުއްފުށީ ދަތުރުތަކުގެ ޓިކެޓް ވިއްކަން ފަށައިފި

މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މޯލްޑިވިއަން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކުޅުދުއްފުށީ ދަތުރުތަކުގެ ޓިކެޓުތައް މިހާރު އޮންލައިންކޮށް ގަނެވޭނެ ކަމަށެވެ.



އޮގަސްޓް ނުވަ ވަނަ ދުވަހު ދަތުރުތައް ފެއްޓި ކުޅުދުއްފުށީ އެއާޕޯޓަށް ހަފްތާއަކު ތިން ފްލައިޓް ބާއްވަ އެވެ. މިހާރު އެ އެއާޕޯޓް ހިންގަނީ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުންނާ އެކީގައެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ އެއާޕޯޓަށް މުވައްޒަފުން ހަމަޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓުން ބުނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށި އެއާޕޯޓް ހުޅުވި އެވެ. ނަމަވެސް އޭރު ޝެޑިއުލް ދަތުރުތަކެއް ނުފަށަ އެވެ.
ހިޔާލު