Hadhamundhaa imaarathakun meehaku vettijje
image
ހަދަމުންދާ އިމާރާތެއް--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓިއްޖެ

މަޖީދީ މަގާއި ރަށްދެބައި މަގު ގުޅުނު ހިސާބުގައި ހަދަމުން ދިޔަ އިމާރާތަކުން ބިދޭސިއަކު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ ވެއްޓުނީ މަޖީދީ މަގާއި ރަށްދެބައި މަގު ގުޅުނު ހިސާބުގައި ހަދަމުން ދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ. އަދި އިމާރާތުން ވެއްޓުނީ 27 އަހަރުގެ ބަންގަލަދޭޝް މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ އެމެޖެންސީގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައިވާއިރު އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެމިހާ ވެއްޓިފައިވާ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ. އަދި އެ ހާދިސާ އާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހިޔާލު