America Embassy inn 10000 dollaru ge sihhee saamaanu hadhiyaa koffi
image
ގއ ވިލިނގިލީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: އެމެރިކާ އެމްބަސީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެމެރިކާ އެމްބަސީއިން 10،000 ޑޮލަރުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

ގއ. ވިލިނގިލީގައި ފަސްޓް އެއިޑް ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، 10000 އެމެރިކާ ޑޮލަރުގެ އަގުހުރި މެޑިކަލް ސާމާނު އެމެރިކާގެ ފަރާތުން ހަދިޔާކޮށްފި އެވެ.
އެ ޕްރޮގުރާމަކީ ހެލްތު މިނިސްޓްރީ އާއި އެމެރިކަން އެމްބަސީގެ ތަމްރީން ގްރޫޕަކާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ބޭއްވި ހަތަރު ދުވަހުގެ ޕްރޮގްރާމެކެވެ.


ހެނދުނު އަށަކުން މެންދުރު ފަހު ތިނަކަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި 50 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ގއ. ހޮސްޕިޓަލާ ހަވާލުވެ ހުންނެވި ޝަމްވީލް މުހައްމަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އެ ހަރަކާތުގައި ބައިވެރިވެފައިވަނީ ގއ. ވިލިނގިލީގެ ސެންޓަރުގެ މީހުންނާއި ސުކޫލުގެ ދަރިވަރުންނާއި ޓީޗަރުން އަދި ފުލުހުންނެވެ. އެ ޕްރޮގްރާމަށް ފަހު އެމެރިކާ އެމްބަސީން ވަނީ 10،000 ޑޮލަރުގެ އަގުހުރި މެޑިކަލް ސާމާން ހަދިޔާކޮށްފަ އެވެ.
ހިޔާލު