Taapsee rahtehivegen ulheni badminton kulhuntheriya Matthias aa?
image
ތާޕްސީ އާއި މެތިއަސް--
1 ކޮމެންޓް
 

ތާޕްސީ ރައްޓެހިވެގެން އުޅެނީ ބެޑްމެންޓެން ކުޅުންތެރިޔާ މެތިއަސް އާ؟

ބޮލީވުޑުގެ ކުޅަދާނަ އެކްޓަރެސް ތާޕްސީ ޕަންނޫ ރައްޓެހިވެގެން އުޅެނީ ބެޑްމިންޓަން ކުޅުންތެރިޔާ މެތިއަސް ބޯއޭ އާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ތާޕްސީ މީހަކާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށްދީފައި ވާއިރު އޭނާ ބުނީ އެއީ ކްރިކެޓް ކުޅޭ މީހެއް ނޫން ކަމަށާއި އަދި އޭނާއަކީ އިންޑިއާ ހިސާބުގެ މީހެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން ގިނަ ނޫސްތަކުން އަދި އޭނާގެ ސަޕޯޓަރުން އެއީ ކާކުކަން ހޯދުމަށް ގިނަ މަސައްކަތް ކުރަމުން ދާއިރު އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ތާޕްސީ ރައްޓެހިވެގެން އުޅެނީ މެތިއަސް އާއެވެ. އަދި އެ ދެމީހުން އެކުގައި ޑޭޓްތަކަށް ދާތަން ވެސް ބައެއް ފަހަރު ފެންނަ ކަމަށް ނޫސްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ތާޕްސީ އާ ސުވާލު ކުރުމުން އޭނާ ޖަވާބު ދީފައި ނުވާ ކަމަށް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ތެލޫގޫ ފިލްމަކުން ފިލްމީ ދާއިރާއަށް ތައާރަފުވި ތާޕްސީއަކީ ތަމަޅަ އަދި މަލަޔާލަމް ފިލްމުތަކުގައި ވެސް މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

ދެހާސް ތޭރަވަނަ އަހަރު ފިލްމު "ޗަޝްމޭ ބައްދޫރު" އިން ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ "ޖުޅްވާ 2" އާއި "ޕިންކް" ގެ އިތުރުން "ބަދްލާ" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "މިޝަން މަންގަލް" އިންނެވެ.
ހިޔާލު

އަތޮޅޭ

އަހަންނަށް ހެޔޮ ކޮންމެ މީހަކާ ރައްޓެހިވެގެން އުޅުނަސް. އަހަރެން އެހީމަ ބުނީ ނުވާނަމޯ. ދެން މަ ކީއްކުރަން ބަލާ އެއްޗެއް ދޯ