Foreign Minister Shahid anna hafthaaga China ah vadaigannavanee
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ސަން
0 ކޮމެންޓް
 

ފޮރިން މިނިސްޓަރު ޝާހިދު އަންނަ ހަފްތާގައި ޗައިނާއަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި އަންނަ ހަފްތާގައި ޗައިނާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ޕްރެސް ރިލީޒެއްގައި ބުނީ ޝާހިދު ޗައިނާއަށް ވަޑައިގަންނަވާނީ ސެޕްޓެމްބަރި 19 އިން 20 އަށް ކަމަށެވެ. އެއީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހެވެ.

މި ދަތުރަކީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރި ވާންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މިއީ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ޝާހިދުގެ މި ދަތުރުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގީޝާންގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއިއެކު ދެގައުމުގެ ގުޅުން ބަދަހި ކުރުމާ މެދު މަޝްވަރާ ކުރައްވާނެ އެވެ.

އޭގެ އިތުރުން ވެސް ދެގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.

ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ ވަން ޗައިނާ ސިޔާސަތުގައި ހިފަހައްޓައި ޗައިނާގެ އިންގިލާބީ ތަރައްގީގެ މަޝްރޫއު، "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ހިޔާލު