Top achievers award ge sponsarakah anekkaa ves STO
image
ޓޮޕް އެޗީވާސް އެވޯޑްގެ ސްޕޮންސާޝިޕް އެގްރީމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްޓިއޯ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޓޮޕް އެޗީވާސް އެވޯޑްގެ ސްޕޮންސަރަކަށް އަނެއްކާ ވެސް އެސްޓީއޯ

ކުރިޔަށް އޮތް ފަސް އަހަރަށް ޓޮޕް އެޗީވާސް އެވޯޑްގެ ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައި އެޑިއުކޭޝަން މިނިސްޓްރީއާއެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން އަހުމަދު ރިޔާޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ.

އެސްޓީއޯ އިން ވަނީ މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ އެ އެވޯޑް ވޭތުވެދިޔަ ފަސް އަހަރުގައި ވެސް ސްޕޮންސާކޮށްދީފަ އެވެ.

ޓޮޕް އެޗީވާސް އެވޯޑް އެސްޓީއޯ އިން ވިދިވިދިގެން ސްޕޮންސާ ކުރާތަ މީ 10 ވަނަ އަހަރެވެ.
ހިޔާލު