Gaanoonu islaahu kuranee Terroristun ge amalu thah huttuvan: Minister Mariya
image
ޑިފެންސް މިނިސްޓަރު މާރިޔާ--
1 ކޮމެންޓް
 

ގާނޫނު އިސްލާހު ކުރަނީ ޓެރަރިސްޓުންގެ އަމަލުތައް ހުއްޓުވަން: މިނިސްޓަރު މާރިޔާ

ޓެރަރިޒަމްގެ ގާނޫނޫތައް އިސްލާހު ކުރަނީ ސްރީ ލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތައް ރާއްޖޭގައި ހިނގައިގެން ނުދިއުމަށްޓަކައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ގާނޫނުތަކަކީ ކުށެއް ކުރުމުން ދައުލަތުން ދޭ ރައްދު ކަމަށެވެ. ނަމަވެސް ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ސްރީލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތައް ހިންގިޔަ ނުދިނުމަށްޓަކައި ކަަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓެރަރިޒަމް ގާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން ފާޑު ކިޔާނެ ކަމަށެވެ.

ޝަހީދުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ، އެ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ގާނޫނު ފާސްކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަދި އެކަމަކީ އައިސީސީޕީއާރްގެ 19 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގައި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކުރި މީހެއް ކަމަށް ކަނޑައަޅައިފަ އެވެ.

ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައި ވެއެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ބިލްގައި ލާޒިމް ކުރެ އެވެ.
ހިޔާލު

ސަވާބު

.އޯ މެޑަމް ދީނަށް ފުރައްސާރުކުރާމީހުންނާއި ކާފަރުންގެ ހެދުންލާ މީހުންވެސް ތިޔާގެ ތެރެއަށް ވައްޓާލަބަލަ.