Raa atholhah Raees kurevvi dhathurufulhu ninmavaalavvaifi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. މީދޫގައި-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ރ. އަތޮޅުގެ ދެ ރަށަކަށް ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. މީދޫ އަށެވެ. އެ ރަށުގައި ރައީސް ސޯލިހު ވަނީ މީދު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެ ރަށަށް ފަހު ދެން ރައީސް ސޯލިހު އިއްޔެ ވަޑައިގެންނެވީ ރ. އަލިފުއްޓަށެވެ. އެ ރަށުގައި ވެސް ރައީސް ވަނީ ކައުންސިލާއި، މުއައްސަސާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވާ، ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ރ. އަތޮޅުގެ ކައުންސިލަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ރައީސްގެ މި ދަތުރުފުޅަކީ އަލިފުށީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. 
ރައީސް ޞާލިޙް
ހިޔާލު