Jalsaa kuriyah gendhiya gothun Azim ge faadu kiyun riyaasathah!
image
އަލީ އާޒިމް--
2 ކޮމެންޓް
 

ގަވާއިދާ ހިލާފަށް ޖަލްސާ ކުރިއަށް ގެންދާތީ އާޒިމްގެ ފާޑުކިޔުން ރިޔާސަތަށް!

ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަހުސް ކުރުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުޅުވާލެއްވުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެ އެވެ.
އާޒިމް ފާޑުވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ނީއްވާ މަޖިލިސް ރައީސް އެގޮތަށް އަމަލު ކުރެއްވުމުންނެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައި މިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރުމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސަށް ހުޅުވާލުމުގެ ކުރިން އެ ޖަލްސާގެ މުހިއްމު ކަމާމެދު މެންބަރުން ބަހުސް ކުރުމަށް އެއް ގަޑިއިރުގެ ވަގުތެއް ހުޅުވާލައްވާ ކަމަށެވެ.

އެ ފުރުސަތުގައި ބަހުސް ކުރައްވަމުން އެެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދި އެމްޑީޕީގެ 29 މެންބަރަކު ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ކަމަށެވެ. އަދި އެމްޑީޕީން ހުށަހެޅި ސިޓީގައިވާ ސަބަބުތައް ވެސް ވަރަށް ސާފުކޮށް މަޖިލީހުގެ ރިޔާސަތަށް އެނގިވަޑައިގަންނަވާނެ ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި މަޖިލީހަށް ބިލެއް ހުށަހެޅުމުން ކުރިއަށް ގެންދަން ވާނީ އެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުން ކަމަށާއި މިހާރު މަޖިލިސް ކުރިއަށް ދަނީ ގަވާއިދާއި އެއްގޮތަށް ނޫން ކަމަށެވެ.

އާޒިމްގެ އެ ވާހަކަތަކަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ އިތުރު ވަގުތު ބޭކާރުނުކޮށް، ހުށަހެޅިފައިވާ މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލުމަށް އެދިލައްވާފަ އެވެ.
ހިޔާލު

އަޙްމަދު

އާޒިމަށް އައްސަރިބާހާއި ސާބަސް! ކޮންމެ ޕާޓީއަކަށް ކިތަންމެ ބޮޑު މީހަކު އިސްކޮށް ހުއްޓަސް ހައްގުބަސް ބުނެވެންޖެހޭނެ. އެއްވެސް މީހަކީ އަނެއްމީހަގެ އަޅެއްނުން!

ޏ

ތިޔަކުރީ ކިތަންމެހާވެސް ދެރަކަމެކެވެ ބޮޑުރައީސަށް ފާޑުކީމައެވެ.