Fuluhunnakee Hama ekni kuh kurun huttuvaa baehgge gothugai nudhekumah Home minister govaalaifi
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ އައު އިމާރާތެއް ހުޅުވައި ދެއްވަނީ -- ފޮޓޯ / ޕޮލިސް
0 ކޮމެންޓް
 

ފުލުހުންނަކީ ހަމައެކަނި ކުއްކުރުން ހުއްޓުވާ ބައެއްގެ ގޮތުގައި ނުބެލުމަށް ހޯމް މިނިސްޓަރު ގޮވާލައިފި

ފުލުހުންގެ މުއައްސަސާއަކީ ހަމައެކަނި ކުއްކުރުން ހުއްޓުވާ ތަނެއްގެ ގޮތުގައި އެކަނި ނުބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިއްޖެ އެވެ.
ތ. އަތޮޅުގެ ދެ ރަށެއްގެ ފުލުހުންގެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ އިމާރާތްތަކުގައި މަސައްކަތް ކުރާ ފުލުހުންގެ ފަރާތުން ރަށުގެ ތަރައްގީއާ އަދި ކުރިއެރުމަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރައްޔިތުން އުޅޭ މުޖުތަމައުގައި އަމާންކަމާއި ރައްކާތެރިކަމާއެކުގައި ހަޔާތް ވޭތުކުރުމުގެ ފުރުސަތު ލިބުމަކީ ކޮންމެ ރައްޔިތަކުވެސް އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ކުރިއަރާ ތަރައްގީވެގެން ދާނީ އޭގެ ފަހަތުގައި ވަރަށްގިނަ މަސްދަރުތައް ހިމެނިގެން ކަމަށެވެ. އަދި ކުރިއެރުމާއި ތަރައްގީ ހިފެހެއްޓި އެމުޖުތަމައުއެއް ވީރާނާވެގެންދަނީ ބައިވަރު ސަބަބުތައް އޮވެގެން ކަމަށާއި މުޖުތަމައުއެއް ކުރިއަރާ ތަރައްގީ ވެގެން ދިއުމުގެ އެންމެ މުޙިއްމު އެއް ބަހާއަކީ އެބައެއްގެ މެދުގައި އޮންނަ ސުލުހަވެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަސްލަހަތާއި، ރައްޔިތުންގެ އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ހާއްސަކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީއާއި އެކުގައި، ސަރުކާރުގެ ސިޔާސަތުތަކާއެކުގައި ރައްޔިތުންގެ އަމާންކަން ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް، އެކަމުގައި އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނަން" މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން މިއަދު ހުޅުވައި ދެއްވި ދެ ޕޮލިސް ސްޓޭޝަނަކީ ތ. މަޑިފުށްޓާއި ވިލުފުށީގެ ޕޮލިސް ސްޓޭޝަނެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ބައިވެރިވި އެވެ.
ހިޔާލު