Terrorism ge gaanoon ah gehnna islaahu gaanoon asaasee aa hilaafu: Idhikolhu
image
ޕީޕީއެމް ޕީއެންސީގެ ދެ ރައީސުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އަބްދުއްރަހީމް އަބްދުﷲ ކޯލިޝަން އެއްބަސްވުން ބަދަލު ކުރައްވަނީ -- ފޮޓޯ / ޕީއެސްއެމް
1 ކޮމެންޓް
 

ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް: އިދިކޮޅު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ގެނައުމަށް މަސައްކަތް ކުރާ އިސްލާހެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ގުރުބާނީން ގެނެވެނު އެންމެ މުހިންމު ބަދަލަކީ ރައްޔިތުންގެ އަސާސީ
އެންމެހާ ހައްގުތަކެއް ކަށަވަރުކުރެވިގެންދާނެ ގޮތަށް އެކުލަވާލާފައިވާ ޒަމާނީ ގާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމުގެ
މަސައްކަތް ކަމަށެވެ.

އެ ގާނޫނުއަސާސީގެ އެންމެ އަސާސީ ސިފައަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ވިސްނާ ފިކުރުކުރުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހި
ރައްޔިތުންނަށް ލިބިދިނުމުގެ އިތުރަށް، ކުށުގެ ތުހުމަތު ކުރެވޭ ހާލަތްތަކުގައިވެސް އެ ތުހުމަތު ކުރެވުނު މީހެއްގެ
އިންސާނީ ހައްގުތައް ކަށަވަރުކޮށް ދިނުން ކަަމަށް ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެގޮތުން، ހިތުހުރި ގޮތަކަށް ހިފައި ހައްޔަރު ނުކުރެވޭނެކަމާއި، ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ ހާލަތްތަކުގައިވެސް ހަނުހުރުމުގެ ޙައްޤާއި ވަކިވަގުތެއްގެ ތެރޭގައި ކޯޓަށް ހާޒިރުކުރުން މަޖުބޫރުކުރުންފަދަ އަސާސީ ޙައްޤުތަކުގެ ކަށަވަރުކަން މި ގާނޫނުއަސާސީންވަނީ ވަރަށް ފުޅާދާއިރާއެއްގައި ލިބިދީފައެވެ." ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގައުމީ ސަލާމަތުގެ ނަޒަރިއްޔާތަށް ބިނާކޮށް، ހާއްސަ ހާލަތްތަކުގެ ގޮތުގައި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަނޑައެޅޭ ހާލަތްތަކުގައި ވެސް، ވަކި ކަހަލަ އަސާސީ ހައްގުތަކެއް
ނިގުޅައި ނުގަނެވޭނެކަން ގާނޫނުއަސާސީން ވަރަށް ސަރީހަކޮށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

"ކަންމިހެން އޮއްވައި، އެންމެހާ ދިވެހި ރައްޔިތުން ޝާމިލުވާނޭހެން ކުރި ބުރަ މަސައްކަތުން ހޯދާފައިވާ މިދެންނެވި
އަސާސީ ހައްގުތައް ހަނިކޮށް، އެ ހައްގުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދާ
ގާނޫނުއަސާސީއާ ހިލާފު މަސައްކަތަކީ މި ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ." ޕީއެންސީން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލާއި އެނޫންވެސް ހަމައާއި އިންސާފަށް ލޯބިކުރާ ފަރާތްތަކުން ފާހަގަކުރަމުން އަންނަ ފަދައިން، ސަރުކާރުގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރަށް، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކުރިއަރާފައިވާ ތަހުޒީބު މުޖްތަމައުތަކުގައި ކަންކަން ކުރަމުން އަންނަ އުސޫލުތަކާއި ހިލާފު، ދިވެހި ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
ޕީއެންސީ ޕީޕީއެމް
ހިޔާލު

ގާޒީ

ޔާމީން ވެރިކަމުގަ ގއ އަށްގެނާ ހުރިހާ އިސްލާހަކީ ހަމަ ގއ އާއި ހިލާފުނުވާގޮތަށް އިސްލށހުތޯ؟ ތިމީހުންވެސް މިމީހުނވެް އިސްލާހު ގެންނަނީ އެބައެއް ވެރިކަން ކުރަން ފަސޭހަ ވާހަގޮތެއް ހެދުމަށް ރައްޔިތުންނާއި މެދު ވިސްނާ އެއްވެސް ވެރިކަމެއްނެއް ވޯޓަށް ކައިރިވީމަ އެކަނި ރައްޔިތުން މަތިން ހަދާންވަނީ!