Chocolate in hashigandah kuraa faidhaathah
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޗޮކްލެޓުން ހަށިގަނޑަށް ކުރާ ފައިދާތައް

ޗޮކްލެޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް މަގްބޫލު ކާ އެއްޗެކެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންގެ ތެެރޭގައިވެސް ވަރަށް މަޝްހޫރު ތަފާތު ރަހައެއް ހުންނަ މީރު ކާ އެއްޗެކެވެ.
ޗޮކްލެޓަކީ ހަށިގަނޑަށް ނޭދެވޭ އަސަރުތައް ކުރާ ހަކުރު ބަލި ޖެހުމަށް މެދުވެރިވުމުގެ އިތުރުން މާ ބޮޑަށް ފަލަވުން ފަދަ ކަންތައްތައް މެދުވެރިވާ އެއްޗެކޭ ބުންޏަސް އެއީ އޭގެ ސަބަބުން ސިއްހަތަށް އެތައް ގޮތަކުން ފައިދާވެސް ކުރާ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން ޗޮކްލެޓަކީ ހަށިގަނޑުގައި އެކުލެވޭ އެލްޑީއެލް (ހަށިގަނޑަށް ނުރައްކާތެރި ކޮލެސްޓްރޯލް) މަދު ކޮށްދޭ އެއްޗެކެވެ. އެލްޑީއެލް ހަށިގަނޑުގައި ގިނަ ވުމަކީ ނާރުތައް ބެދުން ފަދަ ކަންތައްތައް މެދުވެރިވުމަށް މަގުފަހިވާ ކަމެކެވެ.

ޗޮކްލެޓަކީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ. ޗޮކްލެޓުގައި ހިމެނޭ "ފްލެވެނޮއިޑްސް" ގެ ސަބަބުން ބްލަޑް ޕްރެޝާ ދަށް ކޮށްދީ ހަށިގަނޑުގައި ލޭ ދައުރުކުރާ މިންވަރު ރަނގަޅުކޮށްދެއެވެ.

ހިތުގެ ބަލިތަކުގެ އިތުރުން ޗޮކްލެޓަކީ ސްޓްރޯކް ޖެހުމުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. 44،489 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުން ޗޮކްލެޓް ކައި އުޅުމަކީ ސްޓްރޯކް ޖެހުމުން 22 އިންސައްތަ ދުރުކޮށްދޭ ކަމެކެވެ.

އާންމުކޮށް ކުޅިވަރުގައި އުޅޭ މީހުންނަށް ޗޮކްލެޓަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. ޗޮކްލެޓަކީ ހަށިގަނޑުގައި އޮކްސިޖަން ހުންނަ މިންވަރު އިތުރުކޮށްދޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ކުޅިވަރުގައި ވަރުބަލިނުވެ ގިނަ އިރު ވަންދެން ހުރުމަށް މަގުފަހިކޮށްދޭނެއެވެ.
ސިއްހަތު
ހިޔާލު