Kulhivaruge ithurun, kiyevumun ves Rafa ah kaamiyaabu
image
ރަފާ ނާޒިމް، އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި-- ފޮޓޯ: އިސްކަންދަރު ސްކޫލް
މިއުނާ ހަސަން
0 ކޮމެންޓް
 

ކުޅިވަރުގެ އިތުރުން، ކިޔެވުމުން ވެސް ރަފާއަށް ކާމިޔާބު

އިސްކަންދަރު ސްކޫލްގެ 2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ހޯދައިފި އެވެ.
ރަފާއަށް އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނީ ހުކުރު ދުވަހުގެ ރޭ ބޭއްވި އިސްކަންދަރު ސްކޫލްގެ އަހަރަރީ އިނާމު ދިނުމުގެ ޖަލްސާގަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޝަރަފުވެރިކޮށް ދެއްވި މި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަފާ ވަނީ ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް އަންހެން ބައިގެ ޓީމް އިވެންޓުން ރަން މެޑަލް ހޯދައިދީ، ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދާފަ އެވެ.

އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން ކަމާއި އެކްޓިވިޓީސް ކެޕްޓަންކަން ވެސް ކޮށްފައިވާ ރަފާ، މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައި ވާއިރު، އޭނާ ވަނީ އިނގިރޭސި މާއްދާއިން ދުނިޔޭގެ ގަދަ 10 ގައިވެސް ހިމެނިފަ އެވެ.

ތައުލީމީ ގޮތުންނާއި، ކުޅިވަރުގެ ރޮންގުން ގައުމަށް ރީތި ނަން ހޯދާދެމުން އަންނަ ޒުވާން ކުޅުންތެރިޔާ އެންމެ ފުރަތަމަ މީހުންގެ ލޮލުގައި އަޅައިގަތީ 2015 ވަނަ އަހަރުގެ ޓޭބަލް ޓެނިސްގެ ގައުމީ ފައިނަލުގައި، އޭރުގެ ޗެމްޕިއަން އަދި ރާއްޖޭގެ މަޝްހޫރު ޓީޓީ ކުޅުންތެރިއާ މުއީނާ މުހައްމަދާއި ވާދަކުރި މެޗުގައި ދެއްކި މޮޅު ކުޅުމުންނެވެ.

ރަފާގެ ނަން ދިވެހި ކުޅިވަރުގެ ތާރީހުގައި އެންމެ ފުރަތަމަ ލިޔެވިގެން ދިޔައި 2016 ވަނަ އަހަރު، އުމުރުން އެންމެ 13 އަހަރުގައި އޭރުގެ ޓޭބަލް ޓެނިސް ޗެމްޕިއަން މުއީނާ، ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލުގައި ބަލިކޮށް މުބާރާތް ނެގި ހިސާބުންނެވެ.

ސެންޓާ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މަތީ ތައުލީމު ހާސިލް ކުރަމުންދާ ރަފާ ވަނީ ކުޅިވަރުން ރަން ވަނަތައް ހޯދާ ދަރިވަރުންނަށް ހާއްސަކޮށްގެން ދޭ ކަލާސް އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
ހިޔާލު