16 aharun dhashuge AFC Qualification ah team Iran ah furaifi
image
16 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންގައި ބައިވެރިވާ ޓީމާއި އޮފިޝަލުން-- ފޮޓޯ: އެފްއޭއެމް
މިއުނާ ހަސަން
0 ކޮމެންޓް
 

16 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންގައި ބައިވެރިވުމަށް ޓީމް އީރާނަށް ފުރައިފި

އޭއެފްސީ ކޮލިފައިންގައި ބައިވެރިވުމަށް 16 އަހަރުން ދަށުގެ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމް އީރާނަށް ފުރައިފި އެވެ.
ސެޕްޓެމްބަރު މަހުގެ 18 އިން 22 ގެ ނިޔަލަށް އީރާނުގައި ކުރިއަށްދާ އޭއެފްސީ 16 އަހަރުން ދަށުގައި ކޮލިފައިންގައި ބައިވެރިވުމަށް ޓީމް އީރާނަށް ފުރާފައި ވަނީ ހޮނިހިރު ދުވަހު އެވެ.

އޭއެފްސީ 2020 ގެ ކޮލިފައިންގައި ރާއްޖެ މިއަހަރު އޮތީ ގުރޫޕް ސީގައި، އީރާން، އަފްގާނިސްތާން އަދި ފަލަސްތީނާއެކު އެވެ.

ކޮލިފައިންގައި ރާއްޖެ ފުރަތަމަ ނިކުންނާނީ އީރާންއާ ދެކޮޅަށް މިމަހުގެ 18 ވަނަ ދުވަހު އެވެ.

ދެވަނަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު އަފްގާނިސްތާނާއި ދެކޮޅަށް ނިކުންނައިރު، 22 ވަނަ ދުވަހު ނިކުންނާނީ ފަލަސްތީނާއި ދެކޮޅަށެވެ.

އޭއެފްސީ ކޮލިފައިންގައި، ގުރޫޕުގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރުގެ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުން ޖާގަ ލިބޭނެ އެވެ.

އޭގެ އިތުރުން ދެވަނައަށްދާ ޓީމަކަށް ވެސް ވަކި އުސޫލެއްގެ ތެރެއިން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބެ އެވެ.

އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ފުޓުބޯޅަ ޓީމަށް އިރުޝާދު ދޭނީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
އޭއެފްސީ ފުޓްބޯޅަ
ހިޔާލު