MP inn Hope claahah thakethi hahdiyaa koffi
image
ޖަމާލުއްދީން ސްކޫލުގެ ހޯޕް ކްލާސް ރޫމަށް ބޭނުންވާ ތަކެތި އެމްޕީއެލުން ހަދިޔާކުރުން--
1 ކޮމެންޓް
 

ޖަމާލުއްދީން ސްކޫލުގެ ހޯޕް ކްލާސް ރޫމަށް ބޭނުންވާ ތަކެތި އެމްޕީއެލުން ހަދިޔާކޮށްފި

ޖަމާލުއްދީން ސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދެމުންދާ "ހޯޕް" ކްލާސް ރޫމަށް ބޭނުންވާ ބައެއް ތަކެތި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އެ ސްކޫލަށް ރަސްމީކޮށް ހަދިޔާކޮށްފި އެވެ.
އެމްޕީއެލުން ޖަމާލުއްދީން ސްކޫލުގެ ހޯޕް ކްލާސް ރޫމަށް ބޭނުންވާ ތަކެތި މިއަދު އެ ސްކޫލާ ރަސްމީކޮށް ހަވާލުކުރީ އެ ކުންފުނީގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގެ ތެރެއިންނެވެ.

އެތަކެތި ސްކޫލަށް ހަވާލުކޮށްފައި ވާތީ މިއަދު އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ސީނިއާ މެނޭޖްމަންޓްގެ ބައެއް ބޭފުޅުން އަދި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދާ ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުން ވަނީ އެ ސްކޫލަށް ޒިޔާރަތްކޮށް، "ހޯޕް" ކްލާހުގައި އުނގެނެމުންދާ ދަރިވަރުންނަށް ބައްދަލުކުރައްވައިފަ އެވެ.

ދަރިވަރުންނާ ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކްލާސް ރޫމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކުރީ އެކުދިންނަށް ހަދިޔާއެއް ދިނުމުގެ ގޮތުން ކަމަށެވެ.

ޝާހިދު ވަނީ އެމްޕީއެލްގެ ފަރާތުން ޖަމާލުއްދީން ސްކޫލްގައި އުނގެނެމުންދާ ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ދަރިވަރަކަށް ހަދިޔާ ދީފަ އެވެ.

އެމްޕީއެލް އިން ޖަމާލުއްދީން ސްކޫލްގެ ހޯޕް ކްލާހަށް ދިން އެހީތެރިކަމުގެ އަގުވަޒަންކޮށް، ޖަމާލުއްދީން ސްކޫލްގެ ފަރާތުން ވެސް އެ ކުންފުންޏަށް ސެޓްފިކެޓަކާއި ރަމްޒީ ހަދިޔާއެއް ދީފައި ވެއެވެ.

ތިރީސް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު އެ ކުންފުނިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. އެ ކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގައި ދިދަ ނަންގަވައި ދެއްވީ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ އާއި ސީއީއޯ ޝާހިދެވެ.

-އެމްޕީއެލުން ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ވަރަށް އާދައިގެ ގޮތަކަށް ފެށި އެ ކުންފުންޏަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށާއި ކުންފުނި ހޯދާފައިވާ ކާމިޔާބުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ މުވައްޒަފުން ކަމަށް ވިދާޅުވެފަ އެވެ.
އެމްޕީއެލް
ހިޔާލު

މުހައްމަދު

ސަރުކާރު ކުންފުނިތަކުގެ ފައިދާ ސަރުކާރާ ހަވާލުކުރޭ. ކުންފުނި ބޯރޑް ބޭނުންވާ ޚިތާނު ކޭމްޕްތަކަށް ނުބަހާ. އެފައިސާ ޚަރަދު ކުރާނެގޮތް ކަނޑައަޅާނީ މަޖިލިސުން ބަޖެޓް ފާސްކުރާއިރު.