Dharivarakaai eku ekaherikoh kotariehgai oii bidheysee teacher eh ge mahsala balanee
image
ޕޮލިހުން އެ ޓީޗަރު ހައްޔަރު ކުރި ކަމެއް ޔަގީނެއް ނުވޭ.
1 ކޮމެންޓް
 

ދަރިވަރަކާއި އެކު އެކަހެރިކޮށް ކޮޓަރިއެއްގައި އޮތް ބިދޭސީ ޓީޗަރެއްގެ މައްސަލަ ބަލަނީ

ދަރިވަރަކާއި އެކު އެކަހެރިކޮށް ކޮޓަރިއެއްގެ ތެރޭގައި އޮތް ޓީޗަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ބިދޭސީ ޓީޗަރަކާއި، 18 އަހަރުން ދަށުގެ އަންހެން ދަރިވަރަކު ކޮޓަރިއެއްގެ ތެރޭގައި ތިބިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރުމުން އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ ޓީޗަރު ހައްޔަރު ކުރި ކަމެއް ސާފެއް ނުވެ އެވެ.

މި މައްސަލާގައި ކުޑަކުއްޖަކު ހިމެނޭތީ އެކަން ހިނގީ ކޮން ރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ސީއެންއެމް އިން ވެސް އެފަދަ މައުލޫމާތުތައް ހާމައެއް ނުކުރާނެ އެވެ.

އެކަމަކު އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެކަން ފަޅާއެރީ އެ ޓީޗަރާއި އެ ކުއްޖާ އަށް އެ ރަށު ބަޔަކު ފާރަލުމުން ކަމަށެވެ. އެގޮތުން އެ މީހުން ފާރަލާން ތިއްބާ ޓީޗަރު އެ ކުއްޖާ ގޮވައިގެން ގޮސް އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަނުމުން، ފުލުހުންނަށް އެކަން ރިޕޯޓްކުރީ އެ މީހުން ކަމަށް ވެއެވެ.

އޭނާ ބުނީ ފުލުހުން އައިސް ޓީޗަރު ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ޓީޗަރު ހައްޔަރު ކުރި ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
ޕޮލިސް
ހިޔާލު

ޓީޗަރެއް

ވީހާވެސް އަވަހަށް ފގުރިހަމަ ތަހުގީގެއް ހިންގައި ... ކުއްވެރިވާ ކަމަށްވާނަމަ ޓީޗަރަކަސް އަދަބު ދެވެން ޖެހޭނެ...
އެހެނަސް ބައެއް ފަހަރު ކަމަކާނުލާ ޓީޗަރުންގެ އަބުރު ކަތިލެވޭ ފަހަރުވެސް އާދޭ... މިކަމާ ހިތާމަކުރަން