Thofi elhumun ves thala vedhaane
image
ތޮފި އެޅުމުގެ ސަބަބުން އިސްތަށި ފައިބާފައިވާ މީހެއް--
މިއުނާ ހަސަން
0 ކޮމެންޓް
 

ތޮފި އެޅުމުންވެސް ތަލަ ވެދާނެ

ޒުވާން އުމުރުން ފެށިގެން ބޮލުން އިސްތަށި ފައިބާ، ތަލަވުމަކީ އެންމެން ވެސް ކުރަމުން އަންނަ ޝަކުވާ އެކެވެ.
އިސްތަށި ފައިބާ، ތަލަވާ ސަބަބު ހޯދަން އެންމެން ވެސް ބޭނުން ވެއެވެ. ހަމަ އެހެންމެ ތަފާތު މީހުން، އެކި ކަންކަމާ އިސްތަށި ފޭބުން މަތިކުރެ އެވެ.

ބޮލުގައި އަބަދު ތޮފި އަޅައިގެން އުޅޭ މީހުންނަށް މަދުން ނަމަވެސް ދެވޭ ނަސޭހަތަކީ އަބަދު ތޮތްޕެއް އަޅައިގެން ނޫޅުމަށް ދެވޭ ނަސޭހަތެވެ.

ތޮފި އެޅުމުން ބޮލުން އިސްތަށި ފޭބުމާއި ގު ޅޭގޮތުން ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖަލިސް (ޔޫސީއެލްއޭ) ހެލްތުގެ ޑާމެޓޮލަޖިސްޓް ޑރ. ހޭލީ ގޯލްޑްބެކް ދަ ޓައިމްސްއަށް ބުނެފައި ވަނީ "އަހަރެން ގާތުގައި މީހުން ވަރަށް ގިނައިން އަހާނެ ތޮފި އެޅުމުން އިސްތަށި ފައިބާނެތޯ. އަހަންނަށް އެނގޭ ކަން ނޭނގެ މީހުން އެހެން އަހަނީ ކީއްވެގެން ކަމާއި އެކަން އެމީހުން ގަބޫލް ކުރާ ސަބަބު. އަހަންނަށް ހީވަނީ އެޔަށް ދެވެން އޮތް އެންމެ ކުރު ޖަވާބަކީ، ތޮފި އެޅުމަކީ މާބޮޑަށް ހާސް ވާން ޖެހޭ ކަމެއް ނޫންހެން،" ޑރ. ހޭލީ ބުންޏެވެ.

ނިއުޔޯކުގެ މައުންޓް ސިނާއި މެޑިކަލް ސެންޓަރުގެ ޕްލާސްޓިކް ސާޖަން ޑރ. މިކާއިލް ވޮލްފީލްޑް ދަ ޓައިމްސްއަށް ބުނީ "އިސްތަށި ފޭބުމުގެ މައިގަނޑު ސަބަބަކީ އާއިލީ ގޮތުން ވާރުތަވާ ވާރުތަވުން. ރިސާޗުތަކުން ދައްކާ ގޮތުގައި އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުން އިސްތަށި ފައިބަނީ ދާދި އެއް ގޮތަކަށް،" ޑރ. ވޮލްފީލްޑް ބުންޏެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ހަށިގަނޑުގައި ހުންނަ ޑީހައިޑްރޮޓެސްޓޮސްޓެރޯން (ޑީއެޗްޓީ) އޭ ކިއާ ހޯމޯން މަދުވުމަކީ އިސްތަށި ފޭބުމަށް މަގުފަހިވެދާނެ ކަމެކެވެ. ޑީއެޗްޓީ އަކީ ބޮލާއި މޫނުގެ ހަންގަނޑުގެ އެތެރޭގައި އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކުގައި ވެސް އުފެދޭ ހޯމޯނެކެވެ.

ޑީއެޗްޓީ ހޯމޯން މަދުން ހުންނަ މީހުންގެ އިސްތަށިތަކުގެ ބުޑު ކުރަކިވެ، އިސްތަށިގަނޑު ކުރަކިވެ، އިސްތަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ފޯރުކޮށްދިނުމުގައި ލަސްތަކައް ހުރު އެވެ. އެހެންވުމުގެ ސަބަބުން ބޮލުގައި ހަންފޮޅި، އިސްތަށި ފައިބަން ފަށަ އެވެ.

ޑރ. ވޮލްފީލްޑް ބުނީ "ބާރަށް އިސްތަށިގަނޑަށް ދެމުން، ނުވަތަ އައްސާފައި ގިނައިން ބާއްވާނަމަ، ގިނަ ދުވަސް ވުމުން އިސްތަށިތަކުގެ ބުޑު ހަލާކުވެ، މީހާ އުމުރުން ދުވަސްވާއިރު އިސްތަށި ފޭބުން ގިނަވުމަކީ ވެދާނެ ކަމެއް. މި ސަބަބާ ހުރެ ވަރަށް ގިނަ މީހުން ތޮފި އެޅުމާއި ދުރުހެލިވޭ، ނޫނީ ބޮލަށް ބާރުކޮށް ތޮފި ނާޅާ".

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ ޑާމެޓޮލޮޖީ ޕްރޮފެސާ ޑރ. އެޑަމް ފްރިޑްމަން ބުނީ "ތޮފީގައި ބޭނުން ކޮށްފައި ހުންނަ މެޓީރިއަލް އާއި ކެމިކަލްތަކުގެ ސަބަބުން ވެސް އިސްތަށި ފައިބަ ފާނެ. ތޮތްޕެއް އަޅައިގެން ބޮލުގެ ހަންގަނޑަށް އެލާޖިކް ރިއެކްޝަނެއް އައިސްފިނަމަ އިންފްލެމޭޝަންގެ ސަބަބުން ވެސް އިސްތަށި ފައިބަފާނެ. އިންފްލެމޭޝަންގެ ސަބަބުން އިސްތަށި ފައިބާ ސްޕީޑް އެތައް ގުނައަކަށް އިތުރުވާނެ،" ޑރ.ފްރިޑްމަން ބުންޏެވެ.

ޑރ. ފްރިޑްމަން ބުނީ، ގައިން ހިއްލާ ދާ، ގިނަ ވަގުތު ހަންގަޑުގައި ހަރުލާފައި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް އިސްތަށިގަނޑަށް ލިބޭނެ ކަމަށެވެ.

މި ހުރިހާ ސަބަބަކަށް ބަލާއިރު، ބޮލަށް ބާރުކޮށް އަބަދު ތޮފި އެޅުމަކީ އުމުރުން ދުވަސްވާ އިރު ބޮލުގައި އިސްތަށި މަދުވެ، ތަލަވެދާނެ ކަމުގެ ބޮޑު ބިރެކެވެ.

އޭގެ އިތުރުން ވެސް ކުޑައިރުން ފަށައިގެން، ސްކޫލަށް ދާން އިސްތަށިގަނޑަށް ބާރުކޮށް އިސްތަށިގަނޑު އެއްސުމަކީ އުމުރު މަތިވާއިރު ބޮލުން އިސްތަށި ފޭބުމުގެ ސިއްރު ކަމުގައި ވެސް ވެދާނެ އެވެ.

ހަމައެހެންމެ، ސާފުތާހިރުކަން އިސްކުރުމާއި، އަވީގެ ހޫނުގައި އެއްވެސް ހުރަހަކާއި ނުލާ ގިނަ ވަގުތު އުޅޭނަމަ އިސްތަށިގަނޑުގެ އިތުރުން، ޖިސްމާނި ގޮތުން ވެސް މީހާއަށް ބޮޑެތި ގެއްލުން ލިބެ އެވެ.
ފޭޑި ސިއްހަތު
ހިޔާލު