Gaanoonaai hilaafu veema jeheynee fonuvaalan, miee jinaaee thahugeegu hingaa thaneh noon: Immigration
image
ޑީޕޯޓު ކޮށްލި ހަނީފު (ވ)--
6 ކޮމެންޓް
 

"އިމިގްރޭޝަން ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ އެ ގާނޫނުގެ ތެރެއިން"

ރާއްޖޭގައި އުޅޭ ބިދޭސީން އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެއްޖެ ނަމަ ޖެހޭނީ ފޮނުވާލަން ކަމަށާއި އެމީހުންގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުނު ކަމުގައި ވިއަސް އެކަން ބެލުމުގެ އިހުތިޔާރު ގާނޫނުން އިމިގްރޭޝަނަށް ލިބިފައި ނުވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ގާނޫނާއި ހިލާފުވުމުން ދެ މީހަކު ޑީޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބިދޭސީއަކީ ޖިނާއީ ބޮޑު ކުށެއް ކަމަށްވާ މަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. ނަމަވެސް އެމީހާ ވެސް އިމިގްރޭޝަނުން ވަނީ ޑީޕޯޓުކޮށްފައެ ވެ. އަދި އެކަމުގެ ސަބަބުން އިމިގްރޭޝަނަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެކަމާއި ގުޅިގެން ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ އިމިގްރޭޝަނަކީ އިދާރީ ފިޔަވަޅު އަޅާ ތަނެއް ކަމަށެވެ. އަދި ޖިނާއީ ތަހުގީގު ކުރާ ތަންތަން ރާއްޖޭގައި ހުންނަ ކަމަށާއި އެފަދަ ތުހުމަތެއް ކުރާ މީހެއްގެ މައްސަލަތައް ބަލާނީ އެ މުއައްސަސާތަކުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމީހުން ޑީޕޯޓުކޮށްލީ އެއީ އަޅުގަނޑުމެންގެ ގާނޫނުގައި އެކަން ކުރުމަށް އޮންނަ ގޮތް. ގާނޫނުގައި ބުނެފައި އޮންނަނީ ގާނޫނާއި ހިލާފުވެއްޖެ ނަމަ ޑީޕޯޓު ކޮށްލަން. ޖިނާއީ ތަހުގީގު ކުރާ ތަނެއް ނޫން އަޅުގަނޑުމެންނަކީ. އަދި ޑީޕޯޓު ކޮށްލި އެއްވެސް މީހެއްގެ މައްސަލައެއް ބަލަމުންދާ ކަމަކަށް އެއްވެސް ތަނަކުން ހާމަ ކޮށްފައެއް ނެތް،" ޝިފާން ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑެތި ކުށްތައް ކުރަމުން ދިޔަ ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓުކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ގަވާއިދާ ހިލާފަށް މީހުން ރެކްރޫޓް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ގަވާއިދާ ހިލާފަށް ހުއްދަ ނެތި ވިޔަފާރި ކުރާތީ ޑީޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމް، 49 އެވެ.

ދެވަނައަށް ޑީޕޯޓުކޮށްފައި ވަނީ އަބޫ ހަނީފް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އޭނާ ޑިޕޯޓްކޮށްފައި ވަނީ ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފު ވުމުގެ ސަބަބުންނެވެ.
ހިޔާލު

ބޮކުބާޑު

ނޭގުނަސް މީ ތަންފުކެއްވާ ބޮޑުވަރު. ޖިނާއީ ތަހުގީގު ކުރާ ތަނަކީ ފުލުހުންކަން އެންމެނަށްވެސް އެގެއޭއިރު، އިމިގްރޭޝަނަކަށް ހަމަނޭގުނު. ކިއެއްވެތަ ފުލުހުންނަށް މައްސަލަ ހުށަނޭޅުނީ. މިގައުމުގެ ޖަލުގަ ބިދޭންސީން އެބަތިއްބޭ. އިމިގްރޭޝަން ގާނޫނުގެ ދަށުން އެމީހުންވެސް އަވަހަށް ފޮނުވާލަންވީނުން. ގަވާޢިދާ ޚިލާފަށް ފުލުހުންނާ އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަންތައް ހިންގާ ޚަބަރު ނޫސްތަކުގަ ހުރޭ. ތިޔަފޮނުވާލި މީހެއްގެ ކަންތައް ފުލުހުންނަށް ބެލުމަށް ހަވާލް ނުކުރެވުނު ސަބަބު އެގެންޖެހޭ. ރަށްޔިތުންގެ ފައިސާ އިސްރާފު މިކުރަނީ. ޕާސްޕޯޓުހައްދަން ނަންބަރެއްވެސް ލިބެނީ އެތާތިބޭ ބަޔަކު ނަގާފަ އެއްޗެއް އޮތިއްޔާ. ލިބޭއިރު ރަށްޔިތުމީހާއަށް ލިބެނީ މެދުދެތެރޭން ނަންބަރު.

ހަސަންދީ

ޒިންމާއިން ރެކެން ދައްކާ ވާހަކަ

ކަލަމިންޖާ

މޮޅުވާހަކައެއް ދައްކާލީދޯ

ހުކޫމަތު

ގަމާރަކުކައިރީ ތި ވާހަކަދެއްކީމަ ގަބޫލުކޮށްފާނެ ބަލަ ތިތަނަށް ނުބެލޭ މައްސަލަތައް ބަލައިދިނުމަށް އެހެން މުއައްސަސާތައް ހުރިކަމެއް ނޭގޭތަހަމަ

ޢާދަމް

ޢެހެންވިއްޔާ ޖިނާއީ ތަހުގީގު ހިންގާ މުއަައްސަސާ އަކާ ކީއްވެތޯ ހަވާލުނުކުރެއްވީ

ސަންގުލް

ކަލޭ މެންނަށް ތަހުގީގީ އިދާރާ އާއި އެމީހުން ހަވާލު ނުކުރެވޭތަ؟