Kelaa aai Henbadhoo gai bandharu hadhan fashaifi
image
ކެލާ އާއި ހެނބަދޫގައި ބަނދަރު ހަދަން ފެށުން-- ފޮޓޯ: އެމްޓީސީސީ
0 ކޮމެންޓް
 

ކެލާ އާއި ހެނބަދޫގައި ބަނދަރު ހަދަން ފަށައިފި

ހއ. ކެލާ އާއި ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެންޓީސީސީ) އިން އަމަލީ މަސައްކަތް ފަށައިފި އެވެ.
ކެލާ ބަނދަރު ހެދުމުގެ މަސައްކަތް މިމަހުގެ 12 ވަނަ ދުވަހު ފެށިއިރު އެ މަސައްކަތަކީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުއެކެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 16264 ސީބީއެމްގެ ބިން ހިއްކައި 30.50 މީޓަރު ޗެނަލް ބްރޭކް ވޯޓާލުމާއި އަދި 220 ގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން 1445 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހަދާނެ ކަމަށް ވެސް ބުންޏެވެ.

ތިން ސަތޭކަ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހެނބަދޫގެ ބަނދަރު މަޝްރޫއު ހަވާލު ކުރިއިރު އެ މަސައްކަތް ފަށާފައި ވަނީ މިމަހުގެ 13 ގައެވެ.

އެ މަޝްރޫއުގެ ދަށުން ހެނބަދޫގައި 44616.12 ސީބީއެމްގެ ބިން ހިއްކުމާއި 223 މީޓަރުގެ ބްރޭކް ވޯޓާލުމާއި 86 މީޓަރުގެ ރިވެޓްމެންޓެއް ޖަހާނެ އެވެ. އަދި 1015 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ވެސް ހަދާނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ މަޝްރޫއު ވެސް ފަށާފައި ވަނީ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު ހެދުމަށް ފަހު އެވެ.

އެމްޓީސީސީއަށް ކެލާ ބަނދަރުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 14.7 މިލިއަން ރުފިޔާ އަށެވެ. އަދި ހެނބަދޫ މަޝްރޫއު ހަވާލުކުރީ 26.6 މިލިއަނަށެވެ.
ހިޔާލު