Dhekunu Asia ge emme uss tower Lanka ga hulhuvaifi
image
ލޮޓަސް ޓަވަރު--
1 ކޮމެންޓް
 

ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު ލަންކާގައި ހުޅުވައިފި

ދެކުނު އޭޝިއާގެ އެންމެ އުސް އިމާރާތް، ދަ ލޮޓަސް ޓަވަރު، ރޭ ސްރީ ލަންކާގައި ރަސްމީކޮށް ހުޅުވައިފި އެވެ.
ރޭ އޮތް ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައި ދެއްވީ ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އެވެ.

އެތަން ހެދުމަށް ޖުމްލަ 104 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެއެވެ. އެ މަސައްކަތުގެ 80 އިންސައްތަ ފަންޑުކޮށްފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ.

އެ ޓަވަރުގައި ޓެލެކޮމިއުނިކޭޝަން މިއުޒިއަމަކާއި، ރެސްޓޯރެންޓެކާއި، ސުޕާމާކެޓުތަކާއި، ފުޑް ކޯޓުތަކާއި، 400 މީހުންގެ ޖާގައިގެ ކޮންފެރެންސް ހޯލުތަކާއި، 1000 މީހުންގެ ޖާގައިގެ އޮޑޮޓޯރިއަމަކާއި، ލަގްޒަރީ ހޮޓެލް ކޮޓަރިތަކާއި، އޮބްޒަވޭޝަން ގެލެރީ އެއް ހިމެނެ އެވެ.

އެ ޓަވަރަކީ 350 މީޓަރު އުސް ޓަވަރެކެވެ.
ސްރީލަންކާ
ހިޔާލު

ކިޔު5

އަވައްޓެރި ލަންކާއަށް މަރުހަބާ!
ވަރަށްރީތި ޓަވަރެއް. އަހަރެމެން ދިވެހިން ތިތަނަށް ދާނަން. ލަންކާގެ އަމާންކަމާއި ކުރިއެރުމަށް އެދެން.