Fannu Expo gai thakethi baiveri kurumuge furusathu hulhuvaalanee
image
ފަންނު އެކްސްޕޯ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
މިއުނާ ހަސަން
0 ކޮމެންޓް
 

ފަންނު އެކްސްޕޯގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލަނީ

ފަންނު އެކްސްޕޯ 2019 ގައި ބައިވެރި ކުރާ ތަކެތި އޮކްޓޯބަރު މަހުގެ ތެރޭގައި ބަލައިގަންނަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލްޕްމެންޓުން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ފަންނު އެކްސްޕޯގައި ބައިވެރި ކުރާ ތަކެތި އަދި ފޯމު، އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 31 އޮކްޓޯބަރު ވާ ބުދަ ދުވަހުގެ ހަވީރު 03:00 ގެ ނިޔަލަށް ދަރުބާރުގޭގައި ގާއިމު ކުރާ މައުރަޒު އޮފީހުން ބަލައިގަންނާނެ ކަމަށެވެ.

މައުރަޒުގައި ބައިވެރި ކުރާ ތަކެއްޗަށް އިންސާފު ކުރަން ފަށާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ފަންނު އެކްސްޕޯއަކީ ރާއްޖޭގައި އުފެއްދުންތެރި ކަމަށް ވާދަވެރި ބާޒާރުތައް ހޯދައިދިނުމާއި ހާއްސަކޮށް ޒަމާނުއްސުރެ ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން ހީނަރުވަމުންދާ އުފެއްދުންތައް ކުރިއެރުވުމަށް ބާއްވާ މައުރަޒެކެވެ.

ޖުމްލަ 77 ގިންތިއަކުން ތަކެތި ބައިވެރިކުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އެ މައުރަޒުން ހޮވޭ ފަސް ފަރާތަކަށް އެސްޑީއެފްސީ ބޭންކުން ފަސް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"ފަންނު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 22 އިން 28 ގެ ނިޔަލަށެވެ.
ހިޔާލު