Kylie ai Stormi ge video ah gina baehge samaalu kan!
image
ކައިލީ އާއި ސްޓޯމީ--
0 ކޮމެންޓް
 

ކައިލީ އާއި ސްޓޯމީގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން!

މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އާއި އޭނާގެ އަންހެން ދަރިފުޅު ސްޓޯމީ ވެބްސްޓާގެ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
މީގެ ދެ ދުވަސް ކުރިން ކައިލީ އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާ ކުރި އެ ވީޑިއޯއިން ކައިލީ އާއި ސްޓޯމީ ފެނިގެން ދާއިރު ސްޓޯމީ ވީޑިއޯ ގައި "ލަވް ޔޫ" ބުނުމަށް މަސައްކަތް ކުރެ އެވެ. އަދި ސްޓޯމީ އެހެން ބުނުމުން ކައިލީ ވެސް "ލަވް ޔޫ" ބުނުމަށް ފަހު ސްޓޯމީގެ ކޮލުގައި ބޮސްދެ އެވެ.

View this post on Instagram

Who else has baby fever?!

A post shared by Kylie Jenner News (@kyliesnapchat) on


ސްޓޯމީއަކީ އޭނާގެ ލޯބިވެރިޔާ ޓްރަވިސް ސްކޮޓް އަށް ލިބިފައިވާ ކުއްޖެކެވެ. ދެމީހުން ލޯބީގެ ގޮތުން 2017 ވަނަ ގުޅިފައި ވާއިރު އެ ދެމީހުން ކައިވެނި ކުރަނީ ކޮން އިރަކު ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ނަމަވެސް ވަރަށް އަވަހަށް ދެމީހުން ކައިވެނި ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކައިލީ ޖެނާ
ހިޔާލު