UNICEF ge mandhoob fisrt lady ah ihutiraam ge ziyaratheh kurahvaifi
image
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އާއި މުނީރު ސަފިލްޑިން / ރައީސް އޮފިސް
މިއުނާ ހަސަން
0 ކޮމެންޓް
 

ޔުނިސެފްގެ މަންދޫބު ފަސްޓް ލޭޑީއަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް، ޑޮކްޓަރ މުނީރު ސަފިލްޑިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެންދުނު މުލިއާގޭގައި ކުރިއަށްދިޔަ އިހްތިރާމްގެ މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ޑޮކްޓަރ މުނީރު ސަފިލްޑިން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.

އޭގެ އިތުރުންވެސް ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރުމަށް ބާރު އެޅުމާމެދުވެސް މަޝްވަރާކުރެއްވިއެވެ.

ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ބެލެނިވެރިންގެ ފުރިހަމަ ސަމާލުކަން އެކުދިންނަށް ދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކުދިންނަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާރުއެޅުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި މެދު ހޭލުންތެރިކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުންވެސް ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކުދިންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ޑޮކްޓަރ ސަފިލްޑިންގެ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

އަދި ހަމައެހެންމެ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ފާސްކޮށް އެގާނޫނަށް އަމަލުކުރުން އަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ހިޔާލު