Hadhaundhaa gaanoonu thakah Faizu ge faadu kiyunthah
image
ކުރީގެ އުއްތަމަ ފަނޑިޔާރު ---
0 ކޮމެންޓް
 

ހަދަމުންދާ ގާނުނުތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ފާޑުވިދާޅުވެއްޖެ

ޖައްމު ކަޝްމީރުގެ ގާނޫނަކުން މިސާލު ނަންގަވައި، މިހާރު ހަދަމުން އަންނަ ގާނޫނުތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ފާޑު ވިދާޅުވެއްޖެއެވެ.
ފާއިޒުގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ ޖައްމު ކަޝްމީރުގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ފާރޫގު އަބްދުﷲ ހައްޔަރުކުރީ އެއްވެސް ކަހަލަ ތަހުގީގަކާއި ޝަރީއަތެއް ނުކޮށް ދެ އަހަރަށް ޖަލަށްލުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭގޮތަށް ހަދާފައިވާ ގާނޫނަކުން ކަމަށެވެ.

"އެ ގާނޫނަކީ އެ ގައުމުގެ ގާނޫނު އަސާސީއާއި ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފު ގާނޫނެކެވެ. ނަމަވެސް، އެގާނޫނު ތަންފީޒު ކުރަމުން އެ ދަނީއެވެ. އިންޑިޔާ އަކީޑިމޮކްރަސީގައި ކުރިއަރާފައިވާ ގައުމެއްކަމުގައި ވިއަސް، ތަހުޒީބު ޑިމޮކްރަސީއެއްނޫނެވެ. މިއަދު، އެމެރިކާ އަކީ ވެސް އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި ކުރީގައިއޮތް ގައުމެކެވެ." ފާއިޒު ވިދާޅުވިއެވެ.

ފާއިޒު ވަނީ އެފަދަ ގައުމުތަކަކީ ކުރިއަރާފައިވާ ތަހުޒީބު މުޖުތަމަޢުތައް ކަމުގައި ބަލައިގެން އެމީހުންކަންކުރާގޮތަށް ދިވެހިރާއްޖެއިން ހަދާ ގާނޫނުތައް ބައްޓަންކުރަންވީތޯ ސުވާލު އުފައްދަވާފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިވާއިރު ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ގިނަބަޔަކު އަންނަނީ ފާޑުކިޔާ، ކަންބޮޑުވުންފާޅު ކުރަމުންނެވެ. ހާއްސަކޮށް އަސާސީ ހައްގުތައް ހަނިކޮށްފައިވާ ކަމަށްބުނެ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް ހައްގެއް "ބޮޑުތަނުން" ހަނި ނުކުރާ ކަމަށެވެ.
މަޖިލިސް
ހިޔާލު