Theyo valhuthaka dhin hamalaage badhalu hifaanekamuge inzaaru Saudhi in dheefi
image
ސައުދީ އަސްކަރިއްޔާގެ ސިފައިން
0 ކޮމެންޓް
 

ތެޔޮ ވަޅުތަކަށް ދިން ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު ސައުދީން ދީފި

ތެޔޮވަޅުތަކަށް ދިން ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާފު ސައުދީ އަރަބިއްޔާއިން ދީފިއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެ ފާނު ސަލްމާން ބިން އަބްދުލް އަޒީޒް މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ގައުމުގެ އާމްކޯ ކުންފުނީގެ ތެޔޮވަޅުތަކަށް ޔަމުނުގެ ހޫތީ ޖަމާއަތުން ދިން ހަމަލާގެ ރައްްދިނުމުގެ ގާބިލުކަން އެ ގައުމުގެ އަސްކަރިއްޔާގެ އަބައޮތް ކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ ހޫތީން ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމަށެވެ. އެގޮތުން އީރާނުން އެ ހަމަލާ ރޭވި ކަމުގެ ހެކި ވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާއިން މިހެން ބުނި ނަމަވެސް ސައުދީ އަރަބިއްޔާއިން އަންނަނީ އެގައުމުގެ އަމިއްލަ ތަހުގީގެއްވެސް ހިންގަމުންމެވެ. އަދި އެ ތަހުގީގުން ހާމަވާ ބަޔަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އެމެރިކާގެ އެހީތެރިކަން ދޭން ބޭނުންނަމަ އެކަމަށް މަރުހަބާ ކިޔާކަމަށްް ވެސް ސައުދީން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގައި އާމްކޯގެ ދެ ތެޔޮވަޅު ހިންގާ ފެކްޓްރީ ތަކަކަށް ޖުމްލަ 10 ހަމަލާ ދީގެން ވަނީ ދެ ތެޔޮވަޅުގައި ހުޅު ޖަހާފައެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ހޫތީންނެވެ.
ހިޔާލު