UEFA Champions League: Champion Liverpool baliko Napoli ah 3 point
image
ލިވަޕޫލްއާއި ނަޕޯލީ ވާދަކުރި މެޗުގެ ތެރެއިން--
މިއުނާ ހަސަން
0 ކޮމެންޓް
 

ޔުއެފާ ޗެމްޕިއަންސް ލީގު: ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ނަޕޯލީއަށް ތިން ޕޮއިންޓް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ނަޕޯލީން ތިން ޕޮއިންޓް ހޯދައިފި އެވެ.
ނަޕޯލީން މެޗު ކާމިޔާބު ކުރީ ލިވަޕޫލާއި ވާދަކޮށް 2-0 ގެ ނަތީޖާ އަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ވަނީ ނަޕޯލީގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެހެން ނަމަވެސް ލިވަޕޫލަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.

ނަޕޯލީން ވަނީ މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް، އެ ހާފްގައި ނަޕޯލީއަށް ވެސް ވަނީ ނަތީޖާ ނެރެވޭ ގޮތް ނުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނަޕޯލީން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ވަރުގަދަ ހަމަލާތަކެއް އުފައްދާފަ އެވެ.

ނަތީޖާއެއްގެ ގޮތުން ލިވަޕޫލްގެ ޑިފެންސް ލައިނަށް ބާރުބޮޑުވެ، އެ ޓީމުގެ އެންޑުރޫ ރޮބާޓްސަން ނަޕޯލީގެ ޖޯސޭ ކެލެޖޮންއަށް ކުރި ފައުލަކާއި ގުޅިގެން ނަޕޯލީއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ.

ނަޕޯލީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ، މެޗުގެ 82 ވަނަ މިނެޓުގައި ޑްރައިޒް މާޓިނޭޒް ވަނީ އެ ޓީމަށް ލީޑް ނަގާދީފަ އެވެ.

މެޗު ނިމުމަކާއި ގާތް ވެފައި ވަނިކޮށް ނަޕޯލީއަށް ލިބުނު ޕެނަލްޓީއާއެކު، އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުވެ ލިވަޕޫލަށް ވަނީ ނަތީޖާ ނެރުމަށް ދަތިތަކާއި ކުރިމަތިވެފަ އެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ހަ މިނެޓުގެ ބޭނުންހިފައި، ނަޕޯލީން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ.

ނަޕޯލީގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ފެނާންޑޯ ލޮރެންޓޭ އެވެ.

މި ނަތީޖާއާއިއެކު ލިވަޕޫލް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕް އީގެ ތިންވަނާގައެވެ. ނަޕޯލީ އޮތީ ދެވަނާގައެވެ.
ހިޔާލު