Goathi dhoo nukohgen Omadhoo rayyithun council idhaaraa bandhu koffi
image
ގޯތި ދޫކުރުން މަޑު ޖެއްސާލުމާ ގުޅިގެން އޮމަދޫ ރައްޔިތުން މުޒާހަރާ ކުރަނީ--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ގޯތި ދޫނުކޮށްގެން އޮމަދޫ ރައްޔިތުން މުޒާހަރާކޮށް، ކައުންސިލް އިދާރާ ބަންދުކޮށްފި

އދ. އޮމަދޫގައި ގޯތި ދޫކުރުން މަޑުޖައްސާލުމާ ގުޅިގެން ރައްޔިތުން ނިކުމެ މުޒާހަރާކޮށް، ކައުންސިލް އިދާރާ ބަންދުކޮށްފި އެވެ.
އޮމަދޫ ކައުންސިލުގެ ރައީސް އަދުނާން އަބްދުﷲ ސީއެންއެމްއަށް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން އެ ރަށު ގޯތި ދޫކުރުން މަޑު ޖައްސާލުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ އެ ރަށުގައި 103 ގޯތި ދޫކުރަން ހުއްދަ ދީފަ އެވެ. ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެ ރަށަށް ވަޑައިގެންނެވި ދުވަހު، އެ ރަށުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެ ދުވަހުން އެ ދުވަހަށް ގޯތި ދޫކުރުން ހުއްޓުވާލީ ކަމަށް އަދުނާން ވިދާޅުވި އެވެ.

އަނެއްކާ ވެސް ގޯތި ދޫކުރަން ޕްލޭނިން މިނިސްޓްރީގައި ހުއްދައަކަށް އެދުމުން އެއީ ހައުސިން މިނިސްޓްރީން ބަލަން ޖެހޭ ކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނި ކަމަށް އޮމަދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.


ރައްޔިތުން ކައުންސިލް އިިދާރާ ތެރޭގައި--

ޕްލޭނިން މިނިސްޓްރީން ހައުސިން މިނިސްޓްރީއާ ވާހަކަދައްކާ، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގޯތި ދޫކުރުމަށް އަލުން ހުއްދަ ދެއްވި ކަމަށް ވެއެވެ.

އަދުނާން ވިދާޅުވީ މިނިސްޓްރީގެ ހުއްދަ ލިބުމަށް ފަހު ގޯތި ދޫކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައި ހުއްޓައި ޕްލޭނިން މިނިސްޓްރީގެ ޓީމެއް އެރަށަށް އަންނަން ދެން އަނެއްކާ ވެސް ގޯތި ދޫކުރުން މަޑުޖައްސާލުމަށް ބުނެ އެ މިނިސްޓްރީން ސިޓީ އެއް ފޮނުވި ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ހޯމަ ދުވަހު ފޮނުވި ސިޓީގައި ގޯތި ދޫކުރުން މެދުކަނޑާލަން އަންގާފައި ވަނީ އެކަމުގައި ރައްޔިތުންގެ ޝަކުވާތަކެއް ހުރުމުން ކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން މިނިސްޓްރީއަށް އެ މައްސަލާގައި ޕެޓިޝަނެއް ލިބިފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ކައުންސިލުން ބުނީ ޕްލޭނިން މިނިސްޓްރީގެ ސިޓީގައި ފާހަގަކޮށްފައިވާ ޕެޓިޝަނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ގޯތި ދޫކުރުން މަޑުޖައްސާލުމާ ގުޅިގެން އިއްޔެ ވެސް އޮމަދޫ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ. އިއްޔެގެ މުޒާހަރާއާ ގުޅިގެން ކައުންސިލުން ވަނީ ރައްޔިތުންނަށް ނަސޭހަތް ދިނުމަށް ފަހު ފޮނުވާލާފަ އެވެ.އާބާދީގައި 1100 އެއްހާ މީހުން އުޅޭ އޮމަދޫގައި ގޯތި ދޫ ނުކުރާތާ މިހާރު 20 އަށް އަހަރު ވެއްޖެ އެވެ. މި ހަބަރާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ހިޔާލު

ރަޝުމީހާ

އޮމަދޫ މީހުން ގެވަޅުބޭނުންްނުވާކަން ސާބިތުވެއްޖެ. ހާދެ އެކަކު ކޮންޓުރޯލް މީހުން ތިބިކަމައް ފާގަވޭ.