Katrina aa vahtharu meehaku fenijje
image
ކެޓްރީނާ އާއި އަލީނާ--
0 ކޮމެންޓް
 

ކެޓްރީނާއާ ވައްތަރު މީހަކު ފެނިއްޖެ

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާ ވައްތަރު މީހަކު ފެނިއްޖެ އެވެ.
ކެޓްރީނާ އާ ވައްތަރުވެގެން އުޅެނީ މޮޑެލް އަދި ޓިކް ޓޮކް ތަރި އަލީނާ ރާއި އާއެވެ. އެކަމާ ގުޅޭ ގޮތުން އަލީނާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އާއިލާ މެންބަރަކު އަދި ރަހުމަތްތެރިއަކު ވެސް ކެޓްރީނާ އާ ވައްތަރު ކަމަށް އެއްވެސް އިރެއްގައި ބުނެފައި ނުވާ ކަމަށެވެ.




އެކަމާ ގުޅޭ ގޮތުން ކެޓްރީނާ އަދި އެއްޗެއް ބުނެފައެއް ނެތެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކެޓްރީނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައި ވަނީ "ބާރަތު" އިންނެވެ. އެ ފިލްމަށް ބޮޑު ކާމިޔާބެއް ލިބިފައި ވާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރުގެ މާޗް މަހު ނެރުމަށް ހަމަޖެހިފައިވާ "ސޫރަޔަވަންޝީ" އިންނެވެ.

މީގެ ކުރިން އަނުޝްކާ ޝަރުމާ އާއި އާލިއާ ބަޓް އާ ވައްތަރު މީހެއް ވެސް ވަނި ފެނިފަ އެވެ. އެގޮތުން އަނުޝްކާ އާ ވައްތަރީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫލިއާ މައިކަލް އެވެ. އަދި އާލިއާ އާ ވައްތަރުވީ އުއްތަރުޕްރަދޭޝްގެ ސަނާޔާ އަޝޫ އާރިއާ ނަމަކަށް ކިޔާ ކުއްޖަކާ އެވެ.
ކެޓްރީނާ ކައިފް
ހިޔާލު