Bangladesh laborun genaun 1 aharah manaa!
image
ޖުމްހޫރީ މައިދާނުގައި ބިދޭސީން-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
1 ކޮމެންޓް
 

ބަންގްލަދޭޝް ލޭބަރުން ގެނައުން އެއް އަހަރަށް މަނާ!

ބަންގްލަދޭޝް ލޭބަރުން ރާއްޖެއަށް ގެނައުން އެއް އަހަރު ދުވަހަށް މަނާކޮށްފި އެވެ.
އެކަން އިއުލާންކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި މިއަދު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކޮންމެ ގައުމަކަށް ކަނޑައެޅީ 150،000 ގެ ކޯޓާއަށް ވާއިރު، ބަންގްލަދޭޝަށް ކަނޑައެޅި މިންވަރު ހަމަވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމައިފިން ކޮންމެ ގައުމަކަށް ވެސް ލިމިޓެއް ކަނޑައެޅުމަށް. މި ލިމިޓް ކަނޑައެޅުމުގައި މި ބަލަނީ އަންސްކިލްޑް ލޭބާގެ ކެޓަގަރީއަށް. އެހެންވީމާ މިހާރު ކަންވެފައި އޮތް ގޮތުން ބަންގްލަދޭޝަށް އިތުރަށް މީހުން ވެއްދޭކަށް ނެތް މިވަގުތު،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"އަންސްކިލްޑް" މަސައްކަތްތެރިން ނުވަތަ ލޭބަރުން ބަންގްލަދޭޝުން ދެން ނުގެނެވުނު ނަމަވެސް، އެހެން ގައުމުތަކުން ގެނެވޭނެ އެވެ. އެގޮތަށް ނިންމި ނަމަވެސް، ބަންގްލަދޭޝުން "ސްކިލްޑް" ނުވަތަ ޕްރޮފެޝަނަލް މަސައްކަތްތެރިން ގެނެވޭނެ އެވެ.

އެއީ މިއަދުން ފެށިގެން އަމަލު ކުރާ ނިންމުމަކަށް ވާތީ، މީގެ ކުރިން ކޯޓާއަށް އެދިފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެ ނިންމުން ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެކުލަވާލެއްވި ޓާސްކް ފޯހުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ހަމަސް ދުވަހު އިގްތިސޯދަށް ކުރާ އަސަރު ބެލުމަށް ފަހު، ނޭދެވޭ އަސަރެއް ކުރާ ނަމަ، ނިންމުން މުރާޖައާ ކުރާނެ ކަމަށެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 144،607 މީހުން ވޯކް ވިސާގައި ރާއްޖެ އެތެރެވެފައި ވެއެވެ. އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ.

ބިދޭސީން ރާއްޖެއަށް ގެނެސް ހިއުމަން ޓްރެފިކިންގެ ވިޔަފާރި އާއި މަނޯ ލޯންޑަރިން ފަދަ ގާނޫނާ ހިލާފު އެތައް ކަމެއް ކުރާ ބަންގްލަދޭޝްގެ ދެ މީހުން މިދިޔަ ހަފްތާގައު ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފަ އެވެ.
ހިޔާލު

ނަޒްދާ

މިއީ އިންޑިޔާ މީހުންނައް ޔާމީން ދައުރުގަ ގެއްލުނު ބިދޭސީ ވިސާތަކުގެ ފުރުސަތު ހޯދަދޭން ކޮއްގެން އުޅޭކަމެއް.