Raees Yamin ah campaign kuri 4 fandiyaarehge masala balanee
image
0 ކޮމެންޓް
 

ރައީސް ޔާމިނަށް ކެމްޕޭނު ކުރި ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ކެންޕޭނުގަ ހަރަކާތްތެރިވި ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ބަލަން ނިންމާފައިވާނީ، ކްރިމިނިލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އާއި ސިިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމް މައްސަލަ އަކާއި، ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ މައްސަލައެއްގެ އިތުރުން ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ ދެ މައްސަލައެކެވެ.

މި މައްސަލަތަކުގެ ތަފްސީލެއް ޖޭއެސްސީން ނުބުނެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ކޮތުގައި ބަލަން ނިންމާފައިވަނީ ރައީސް ޔާމިންގެ ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ބައިވެރިވި މައްސަލައެވެ.
ޖޭއެސްސީ ޕީޕީއެމް
ހިޔާލު