Picnic island ge masahkath'tha havaalukohffi
image
1 ކޮމެންޓް
 

ގިނަ ހިދުމަތްތަކާއެކު ޕިކްނިކް އައިލެންޑުގެ މަސައްކަތްތައް ހަވާލުކޮށްފި

ގިނަ ހިދުމަތްތަކެއް ހިމެނޭގޮތަށް މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖެއްސެވި "ޕިކްނިކް އައިލެންޑް"ގެ މަސައްކަތް ކުރުމަށް ހަތް ކުންފުންޏަކާއެކު ސޮއެކޮށްފިއެވެ.
"ޕިކްނިކް އައިލެންޑް" ތަރައްޤީ ކުރާނީ، ކުޅިވަރު ކުޅުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށާއި، އަދި ކުޑަކުދީންނަށް ޚާއްޞަކުރެވިފައިވާ މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި ޚިދުމަތްތައް ހިމެނޭ ގޮތަށެވެ. އޭގެތެރޭގައި ބާބަކިއު ސަރަހައްދަކާއި، ވޯޓަރ ސްޕޯޓްސްއާއި، ބީޗް ސްޕޯޓްސްއާއި، ލައިފް ގާޑުންނާއި، ފެމިލީ ކޮޓަރިތަކާއި، ކިޑްސް ކްލަބްއާއި، އަންހެނުން އަދި ފިރެހެނުންގެ ޗޭންޖިންގ ރޫމްއާއި، ސިއްހީ ހިދުމަތް ދޭނެ ތަނެއް މި ރަށުގައި ހުންނާނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއެކުރީ ކްރޮސްރޯލް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.


މިރަށަކީ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ސިންގހާ އެސްޓޭޓުން އެބޫދޫ ފަޅުގައި ތަރައްޤީކުރާ ކްރޮސް ރޯޑްސް ޕްރޮޖެކްޓްގައި ހިމެނޭ ބައެކެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވާ 7 ކުންފުނީގެ ތެރޭގައި ހިމެނެނީ އައިމާ ކޮންސްޓްރަކްޝަން، ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެޗްއެސްޕީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ކުރިހަރަ ކޮންގޔޯ ކޯ ލިމިޑެޓް، އެސްއެލްޕީ ގްރޫޕް އަދި ލަމާ ގްރޫޕް ޕްރައިވެޓް ލިމިޑެޓެވެ.

މިމަސައްކަތުގައި މި 7 ކުންފުނިން ކުރާނީ ތަފާތު މަސައްކަތްތައްކަމަށް ސިންހާ އެސްޓޭޓުން ބުނެއެވެ.

ހިޔާލު

ފިރުމާ

ސާބަބަސް ރައީސްސޯހިހު އަވަހަށް ތިރަށް ނިންމާލަ ދެއްވާ.