Air India ge crew ah falanuvaa thakethi kaandhenee
image
0 ކޮމެންޓް
 

އެއާ އިންޑިއާގެ ކުރޫއަށް ފަލަނުވާ ތަކެތި ކާންދެނީ

އެއާ އިންޑިއާގެ ފްލައިޓުތަކުގަ މަސައްކަތް ކުރާ ކުރޫ މެމްބަރުންނަށް ލޯ ފެޓް ޑައިޓެއް ހަމަޖައްސައިފިއެވެ.
އެއާއިންޑިއާއިން ބުނެފައިވަނީ މިއީ ކުރޫގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

އެއާއިންޑިއާ މީހާރު ވެސް ހިންގަނީ ގެއްލުމުގައެވެ. ގެއްލުމުގަ ހިންގަމުން އަންނަ ކުންފުންޏަކުން ކުރޫއިންނަށް އަގުބޮޑު ޑައިޓެއް ހަމަޖެއްސުމުން ބައެއް މީހުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އެއާއިންޑިއާއިން ލޯ ފެޓް ޑައިޓެއް ކުރޫއިންނަށް ހަމަޖައްސާފައިވާއިރު އެ އެއާލައިނުގެ ބައެއް ކުރޫއިން އާދަޔާ ހިލާފަށް 'ފަލަ' ކަމަށް ބުނެ ބައެއް މީހުން އަންނީ ފާޑު ވެސް ކިޔަމުންނެވެ.
ހިޔާލު