Dhiraagu Road Race hukuru dhuvahu
image
0 ކޮމެންޓް
 

ދިރާގު ރޯޑް ރޭސް ހުކުރު ދުވަހު

ދިރާގު ރޯޑް ރޭސް އަންނަ ހުކުރު ދުވަހު އޮންނާނެއެވެ.
މިއަހަރުގެ ރޭހުގައި ދިހަ ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައެވެ. އަދި ފަސް ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ. މިއީ 2007 ވަނަ އަހަރު ތައާރަފު ކުރި ދިރާގު ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ 13 ވަނަ އަހަރެވެ.

ރާއްޖޭގެ ކާމިޔާބު ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން، ދެ ކެޓަގަރީގެ ގައުމީ ރެކޯޑު އާކުރަން އަމާޒުހިފާފައެވެ.

"އަމާޒަކީ ރެކޯޑު އާކުރުން. މަސައްކަތްކުރާނީ ދެ ކެޓަގަރީން ވެސް އެއްވަނަ ހޯދުމަށް،"

ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަޒީލް މުގުރާލާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު "5 ކިލޯމީޓަރު ނޭޝަނަލް ޑި ލަކްރަޒާ"ގައި ވާދަކޮށް، 15:50 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ.

ދިހަ ކިލޯމީޓަރުގެ ގައުމީ ރެކޯޑު ފަޒީލް މުގުރާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު "ސެމީ މެރަތަން އެންޑް 10 ކިލޯމީޓަރު އިންޓަނޭޝަނަލް ޑި މެކްނެސް"ގައި ވާދަކޮށް، 31:48 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ.
ހިޔާލު