Islamee thauleemu dhey schoolehga hingi alifaanuge haadhisaa ehga 27 kudhin maruvehjje
image
0 ކޮމެންޓް
 

އިސްލާމީ ތައުލީމުދޭ ސްކޫލެއްގަ ހިނގި އަލިފާނުގެ ހާދިސާއެއްގަ 27 ކުދިން މަރުވެއްޖެ

ލައިބޭރިއާގަ އިސްލާމީ ތައުލީމުދޭ ސްކޫލެއްގަ ހިނގި އަލިފާނުގެ ހާދިސާއެއްގަ 27 ކުދިން މަރުވެއްޖެއެވެ.
އަލިފާން ހިފާފައިވަނީ ދަންވަރު ވަގުތެއްގައެވެ. އެ ސްކޫލަކީ ކުދިން ދިރިއުޅޭ ކޮޓަރިތަކަކާއެކު ހަދާފައިވާ ސްކޫލެކެވެ. މި ސްކޫލަކީ ގުރުއާނުގެ އިލްމާއި ތަފާތު ދީނީ އިލްމުތައް ދަރިވަރުންނަށް އުގަންނައިދޭ ސްކޫލެކެވެ.

އަލިފާން ހިފީ ލައިބޭރިއާ ވެރިރަށް މޮންރޯވިއާ ކައިރީގައި ހުންނަ ސްކޫލެއްގައެވެ.

މި ހާދިސާގައި 27 ކުދިން މަރުވެފައިވާއިރު، އެތައް ކުދިންނަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މަރުވި ކުދިންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާކަމެއްކަމަށް ލުބްނާނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

މި ހާދިސާގައި ނުފިހި ސަލާމަތްވީ އެ ސްކޫލުގެ އިމާމުގެ އިތުރުން ބައެއް ޓީޗަރުންނާއި ދެތިން ކުދިންނެވެ.


މިއީ ބަޔަކު ގަސްތުގައި ކުރިކަމެއްތޯ ބެލުމަށް އެ ގައުމުގެ ފުލުހުން އަންނީ ތަހުގީގުކުރަމުންނެވެ.

ހިޔާލު