Raees Yaminge shareeath anna budha dhuvahu
image
ފޮޓޯ: ރާއްޖެ އެމްވީ
0 ކޮމެންޓް
 

ރައީސް ޔާމިންގެ ޝަރީއަތް އަންނަ ބުދަ ދުވަހު

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 25 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

އެންމެ ފަހުން ރައީސް ޔާމިންގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިމަހު 3 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޝަރީއަތް ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައު އެންޓި ކަރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ތަހުގީގަށް ދިން ބަޔާނުގެ ވީޑިއޯ ރެކޯޑިން ބެލުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށާއި އޭގެފަހުން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.

އޭސީސީއާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

އެންމެ ފަހުން ބޭއްނި އަޑުއެހުމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހެކިބަސް ދެއްވާފައެވެ. ހެކިބަސް ދެއްވަމުން ޒަމީރު ވިދާޅުވީ ޔާމީންގެ އެދިވަޑައިގަތުމަކަށް އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްދީފައި ވާނެ ކަމަށާއި އެ ފައިސާ އޭނާ ހޯއްދެވީ އޭނާގެ މުދަލެއް ވިއްކައިގެން ކަމަށެވެ.



ހިޔާލު