Sri Lanka ge Riyaasee Inthihaab November 16 Gai
image
އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ގޮތަބާޔަ ބޭބޭފުޅު ރާޖަޕަކްސައާއެކު--
0 ކޮމެންޓް
 

ސްރީލަންކާގެ ރިޔާސީ އިންތިހާބު ނޮވެމްބަރު 16 ގައި

އަވައްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް މަހިންދަ ދެޝަޕްރިޔާ ވިދާޅުވެފައިވާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި 16 މިލިއަން މީހުންނަށް ވޯޓުލުމުގެ ޝަރުތު ފުރިހަމަވާނެ އެވެ. ކުރިއަށް އޮތް އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާނެ ރިޔާސީ އިންތިހާބު ކަމަށް މިހާރު ދަނީ ބެލެވެމުންނެވެ.

އެންމެ ފަހުން ސްރީލަންކާގައި ރިޔާސީ އިންތިހާބެއް ބާއްވާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ. ރައީސް ކަމުގެ ދައުރަކީ ހަ އަހަރު ކަމަށް ކުރިން އޮތް ނަމަވެސް މިހާރު ވަނީ ފަސް އަހަރަށް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން އެންމެ ގިނަވެގެން ރައީސްކަން ކުރެއްވޭނީ ދެ ދައުރު ކަމަށް ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އިދިކޮޅު މައި ޕާޓީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕެރަމްނާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ކުރީގެ ޑިފެންސް މިނިސްޓަރު ގޮތަބާޔަ ރާޖަޕަކްސައަށް ދީފައިވާ އިރު ވެރިކަން ކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީން އަދި ކެންޑިޑޭޓަކު ކަނޑައަޅާފައެއް ނުވެ އެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެޕާޓީގެ ނައިބް ލީޑަރު ސަޖިތު ޕްރަމަދޭސަ ނުވަތަ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކަރު ޖަޔަ ސޫރިޔަ އެވެ.

ގޮތަބާޔަ ރާޖަޕަކްސަ އަކީ ސްރީލަންކާގެ އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރާ ސިންހަލަ ބުޑިސްޓުންގެ ތާއީދު ބޮޑު ބޭފުޅެކެވެ.
ސްރީލަންކާ
ހިޔާލު