India ga E cigarette manaa koffi
image
އީ-ސިނގިރޭޓުތަކެއް--
0 ކޮމެންޓް
 

އިންޑިއާގައި އީ-ސިނގިރޭޓް މަނާކޮށްފި

އިލެކްޓްރޯނިކް ނުވަތަ އީ-ސިނގިރޭޓް އުފެއްދުމާއި، އެތެރެ ކުރުމާއި ވިއްކުން މަނާ ކުރުމަށް އިންޑިއާގެ ކެބިނެޓުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު ނިރްމަލަ ސިތަރަމަން ވިދާޅުވީ އެގޮތަށް ނިންމީ އެ ތަކެތީގެ ސަބަބުން ޒުވާނުންނަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ކަމަށެވެ.

އެގޮތަށް ނިންމި ނަމަވެސް، ވޭޕް ކުރަން ބޭނުން ކުރާ ސާމާނު މަނާ ކުރި ކަމެއް ސާފެއް ނުވެ އެވެ. އިންޑިއާގައި 100 މިލިއަނަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ.

އެ ނިންމުމާ ހިލާފުވާ މީހުން ތިން އަހަރަށް ޖަލަށް ލެވޭނެ އެވެ. އީ-ސިނގިރޭޓް މަނާ ކުރި ނަމަވެސް، އާއްމުކޮށް ބޭނުން ކުރާ ދުންފަތުގެ ބާވަތްތައް މަނައެއް ނުކުރެ އެވެ.
އިންޑިއާ
ހިޔާލު