MIRA ge directorunge board ah kurimathilumah hulhuvaalaifi
image
މީރާގެ މުއައްޒަފުން--
މިއުނާ ހަސަން
0 ކޮމެންޓް
 

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރީޓީ (މީރާ)ގެ ޑީރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އެވެ.

މެންބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަދުން ފެށިގެން 30 ސެޕްޓެމްބަރު ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، އެ ބޯޑުގެ މެންބަރެއްގެ މަގާމު ދާދިފަ ހުން ހުސްވެފައި ވާތީ އެވެ.

މީރާގެ ޑީރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ޑިރެކްޓާ ޖެނެރަލް އޮފް ޓެކްސޭޝަނާއި، ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޓެކްސޭޝަނާއި، ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ ގުޅިގެން އެ މަގާމުތައް ހުސްވުމުންނެވެ.
މީރާ ރައީސް އޮފީސް
ހިޔާލު