Dhekunu Korea ge siyaasee meehunge boa thala vanee?
image
ދެކުނު ކޮރިއާގެ އިދިކޮޅު ލީޑަރު ބޯ ބާލަނީ-- ފޮޓޯ:ބީބީސީ
އަލީ ޖުމާން
0 ކޮމެންޓް
 

ދެކުނު ކޮރިއާގެ ސިޔާސީ މީހުންގެ ބޯ ތަލަ ވަނީ؟

ދެކުނު ކޮރިއާގެ އިދިކޮޅު ލީޑަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އާއްމުންގެ ތެރޭގައި ހުރެ ބޯ ތަލަކޮށްފި އެވެ.
ދެކުނު ކޮރިއާގެ އިދިކޮޅު ލީޑަރު ހުވަންގް ކިޔޯ އާން، އެގައުމުގެ ރައީސްގެ ގަނޑުވަރުގެ ބޭރުގައި ހުންނަވާ އިއްޔެ ކުރި މުޒާހަރާގައި ނޫސްވެރިންނާއި އާއްމުންގެ ކުރިމަތީގައި ވަނީ ބޯ ތަލަކޮށް ކޮށާލައިފަ އެވެ. އެ މުޒާހަރައިގެ މައިގަނޑު މަގްސަދަކީ، އަލަށް ހޮވައިފައިވާ ޖަސްޓިސް މިނިސްޓަރު ޗޯ ކުކް އެ މަގާމުން ވަކި ކުރުމަށެވެ. ޗޯ ކުކް އާއި އޭނާގެ އާއިލާއަކީ ކޮރަޕްޟަން ގެ އެތައް ތުހުމަތުތަކެއް ކުރެވިފައިވާ ބަޔެކެވެ.

މުޒާހަރާ ކުރަނީ ކޮންކަމަކާ ބެހޭ ގޮތުން؟

ޗޯ ކުކް އަކީ ކުރީގެ ލޯ ޕުރޮފެސަރެއް އަދި ދެކުނު ކޮރިއާގެ ރައީސް މޫން ޖޭއިންގެ ގާތް ރަހްމަތްތެރިއެކެވެ. ނިމިދިޔަ ހަފްތާގައި ޗޯ ކުކް އެ މަގާމަށް ގެނައީ މޫން އެގޮތަށް ނިންމެވުމުންނެވެ. ނަމަވެސް ކުކްގެ އިދިކޮޅު ސަޕޯޓަރުން، މޫންގެ މި ނިންމުމަށް އެއްގޮތަކަށް ވެސް ތާއީދެއް ނުުކުރެ އެވެ. އެއީ އެތަކެއް ފައިސާ އަދި ތައުލީމީ ކޮރަޕްޟަންގެ ތުހުމަތުތަކެއް ކުކް އަދި އޭނާގެ އާއިލާއަށް ކުރެވޭތީ އެވެ.

ކުކްގެ އަންހެނުންނަކީ ވެސް ޕުރޮފެސަރެކެވެ. އޭނާއަށް ކުރެވޭ ތުހުމަތަކީ ވަގު ލިޔެކިޔުން ތައްޔާރުކޮށް، އެ ދެމީހުންގެ އަންހެން ދަރި ކޮލެޖަށް ވައްދާ ސްކޮލަޟިޕް ހޯދި ކަމަށެވެ. އެކަމާ ހެދި ކޮލެޖްގައި އުޅޭ ކުދިން ވަނީ ނުރުހުން ފާޅުކޮށް ކަންބޮޑުވެފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުކްގެ އިންވެސްޓްމެންޓުތައް ބަލާ ފާސް ކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހު ވާހަކަ ދައްކަވަމުން ކުކް ވަނީ ކޮލެޖް ކުދިންގެ ކިބައިން މައާފަށް އެދިފަ އެވެ.

ދެކުނު ކޮރިއާގެ ރައީސް، މޫން ވިދާޅުވީ ކުކް އަށް ކުރެވޭ ތުހުމަތުތަކަކީ ސާބިތު ވެފައިވާ ތުހުމަތުތަކެއް ނޫން ކަމަށެވެ. ދެކުނު ކޮރިއާގެ ކުރީގެ ރައީސް ޕާކް ގިޔުން ހައި ވެސް ވީ ކޮރަޕްޟަނާއި އެތަކެއް ހިޔާނާތެއްގެ މައްސަލައިގައި
ހައްޔަރު ކޮށްްފަ އެވެ.

ކީއްވެ ބޯ ކޮށާލަނީ؟

އެކަމަކީ ދެކުނު ކޮރިއާގައި ކުރިން ވެސް މުޒާހަރާކޮށް އުޅުނު އިރު އެކަމެއްގެ ހުރި މުހިންމު ކަމާއި ހިތު ތެރޭ ހުރި ޟުއޫރު ފާޅުކުރަން ކޮށް އުޅޭ ސަގާފީ ކަމެކެވެ. އެއީ ނަވާރަ ސަތޭކަ ފަސްދޮޅަހުގެ ތެރޭގައި ދެކުނު ކޮރިއާގައި އަސްކަރީ ވެރިކަމެއް ހިންގި އިރު ރަށްޔިތުން ހިތު ތެރޭ ބިރެއް ނެތްކަން ދަށްކަން ވެސް ކޮށް އުޅުނު ކަމެކެވެ
ހިޔާލު