Raees Nasheedh aa ehvves massalla eh nujehey: Raees
image
ރައީސް ނަޝީދު އަދި ރައީސް ސޯލިހު ދެބޭފުޅުން --
0 ކޮމެންޓް
 

ރައީސް ނަޝީދާއި އެއްވެސް މައްސަލައެއް ނުޖެހޭ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދުގެ ގުޅުން ގޯސް ކަމަށްބުނެ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. ވަކިން ހާއްސަކޮށް މީޑިއާގައި އެވާހަކަތައް ވަރަށް ބޮޑަށް އަންނަނީ ދެކެވެމުންނެވެ. މަރު ކޮމިޝަނުން ރިލްވާންގެ ތަހުގީގު ރިޕޯޓުގެ ޑްރާފްޓެއް ރައީސް ނަޝީދަށް އެރުވުމުން ރައީސް ސާލިހު ހުންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. އަދި އެ މައްސަލަ މަޖިލިސް ތެރެއިންވެސް ބަލަމުންދާތީ ރައީސް ވަނީ މަޖިލީހުގެ މަސައްކަތްތަކާއި އެމަނިކުފާނު ނުބެހޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނާ ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އެއީ ބަޔަކު ގަސްދުގައި ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ރައީސް ނަޝީދާ ދޭތެރޭ މައްސަލައެއް ނެތް، އެއީ އެއްވެސް މައްސަލައެއް ނޫން. އެއީ އޮޅުވާލައިގެން ބަޔަކު ގަސްދުގައި ދައްކާ ވާހަކައެއް. އަޅުގަނޑާއި ރައީސް ނަޝީދާއި ދެމެދު މައްސަލަ ޖެހޭނެ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ނަޝީދުގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރައީސް ސާލިހު ރައްދެއް ދެެއްވިއެވެ. އެގޮތުން ސަރުކާރުގައި މަޑުޖެހުމެއް އުޅޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ރައީސް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް ބުރަކޮށް ކަމަށެވެ. އެކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދިވެހ ތާރީހުގައި ސަރުކާރަކުން މަޖިލީހަށް އެއްބާރުލުން ދެއްވާފައި ނުވާ ވަރަށް މި ސަރުކާރުން މަޖިލީހަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާލު