Mashroou thakugai lasthakeh ulhey kamah bununan: Nasheed
image
ރައީސް ނަޝީދު----
.
1 ކޮމެންޓް
 

މަޝްއޫރުތަކުގައި ލަސްތަކެއް އުޅޭ ކަމަށް ނުބުނަން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅު އެމަނިކުފާނު މާނަ ކޮށްދެއްވައިފި އެވެ.
މި މަހުގެ 13ވަނަ ދުވަހުގެ ރޭ ނަޝީދުގެ ދާއިރާ ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ''ޓައިމްލެގެއް'' ނުވަތަ ލަސްކަމެއް އުޅޭ ކަމަށް ހީފުޅުވެވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ރައީސް ނަޝީދުގެ ދާއިރާކަމަށްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ނަޝިދުވަނީ ސަރުކާރުގެ ތެރޭގައި ލަސްކަމެއް އުޅޭކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ލަސްކަން އުޅެނީ ކޮން ދާއިރާތަކެއްގައި ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ އެވާހަކަތައް އޮޅޭ ގޮތައް ބައެއް ފަރާތްތަކުން ވާހަކަދައްކަވަމުން ގެންދާތީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އެމަނިކުފާނު ދެންނެވީ ބައެއް އިދާރީ ހިންގުމުގައި ލަސްތަކެއް އުޅޭ ކަމުގެ ވާހަކަ ކަމަށެވެ. މަޝްރޫއުތައް ލަސް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ނަޝީދު މިފަދައިން ވާހަކަފުޅު ދެއްކެވުމުން ބައެއް ފަރާތްތަކުން ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު މައްސަލައެއް ޖެހިގެން އުޅޭ ކަމަށްބުނެ ވާހަކަތަކެއް ދެެއްކިއެވެ. ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެދެބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.
ހިޔާލު

އަޙްމަދު

ބައެއްމީހުން ހަމައިން ނެއްޓެގަޑިގައި ދައްކާވާހަ ހަމާއިގައި ތިބޭމިހުން ޤަބޫލު ކުރާކަށް ނުވާނެ!