Syria gai thibi dhivehin kuriyah oi 2 mas therey gai Raajje gehnnanee
image
ސީރިޔާ ރެފިއުޖީ ކޭމްޕެއް --
0 ކޮމެންޓް
 

ސީރިޔާގައި ތިބި ދިވެހިން ކުރިއަށް އޮތް ދެމަސް ތެރޭ ރާއްޖެ ގެންނާނަން: ރައީސް

ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ކުރިއަށް އޮތް ދެމަހެއްހާއި ދުވަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތަށް ރާއްޖެއިން ބޭރު ގައުމެއްގެ އެކްސްޕާޓެއް ރާއްޖެ ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން ރާއްޖެ ގެނައުމުގެ ކުރިން މިހާރު ތިބި ތަން ނޫން އެހެން ތަނަކަށް ދިވެހިންތައް ސަރުކާރުން ބަދަލު ކުރާނެ ކަމަށެވެ.

"ސީރިއާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ މީހުންނަށް އައުމުގެ މަސައްކަތް އެބަ ހިނގާ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަންނަން ބޭނުންވާ މީހުންނަށް އާދެވެން ފެށޭވަރުވާނެ. އަދި އެ މީހުންގެ ކަންކަމުގައި މަޝްވަރާ ކުރުމަށް ޓަަކައި ދެ ގައުމެއްގެ އޮފިޝަލުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ. އެކަމަކު ހަމަ ސީދާ އެ މީހުން ގެނެސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވެ، އޭގެ ކުރިން އެ މީހުންނަށް ދޭން ވާ ފަރުވާދެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އޭގެތެރޭގައި ތިބި ބައެއް ކުދިންނަކީ ކޮން ގައުމެއްގެ ބައެއްކަން ދެނެގަންނަން ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތައް ހަމަ ގެނެސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގެނެސް މުޖުތަމައުއަށް ގެނައުމުގެ ކުރިން އަހުލުވެރި ކުރުވާ ދޭންޖެހޭ ފަރުވާ ދޭން އެބަޖެހޭ. އެ މަސައްކަތާއި އެކީގައި އެންމެ ލަސްވެގެން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަޅުގަނޑު މި ބަލަނީ ރާއްޖެއަށް އަންނަން ބޭނުންވާ އޭގެތެރެއިން ދިވެހިން [ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން] ގެނެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މީގެ ކުރިން ބުނެފައި ވަނީ ސީރިޔާއަށް ދިޔަ ބައެއް ދިވެހިން ހާލުގައި ޖެހި އަނބުރާ ރާއްޖެ އަންނަން އެދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ސެންޓަރަކުން އެކަމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އޮފީސް
ހިޔާލު